ގޭބީސީއަކަށް ހިލޭ ދޭ ކާޑު ބަހަން ފަށައިފި

މާލޭގައި ކާޑު ބަހާނީ ގަލޮޅު ދަނޑާއި ސިިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭބަޔާއި ސޯޝަލް ސެންޓަރާއި ވިލިމާލޭ، ބިއްރި މިސްކިތް ހޯލާއި ހުޅުމާލޭގެ އުމަރު ޒާހިރު ބިލްޑިންގާއި ހުޅުމާލެ ހިޔާ ޓަވަރު 10 ޔޫތު ސެންޓަރުންނެވެ.

ރޯދަ މަހަށް ސަރުކާރުން ކާޑު ބެހުމުގެ މަސައްކަތް ގަލޮޅު ދަނޑުގައި އެސްޓީއޯއިން ކުރަނީ -- ޔާމީން މުހައްމަދު

ރޯދަ މަހާ ދިމާކޮށް ސަރުކާރުން ގޭބީސީތަކަށް ހިލޭ ބަހާ 10 ކިލޯ ބާސްމަތީ ހަނޑުލާއި، 10 ކިލޯ ފުށް ބެހުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

އެސްޓީއޯއިން ބުނީ މި މަސައްކަތް ކުރަން ތައްޔާރުވެ ކާޑު ގުދަންކޮށް މާލޭގައި ކާޑު ބެހުމުގެ މަސައްކަތް ހިނގާނީ މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި ބުނީ މިއަދުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި ކާޑު ބެހުން ކުރިއަށް ދާނެ ކަމަށެވެ. ކާޑު ދޫކުރާނީ ހަމަޖެހިފައިވަނީ ދިވެހިންނަށް އެކަންޏެވެ. ކާޑު ދޫކުރާނީ ކަރަންޓް މީޓަރުގެ ނަންބަރަށް ބެލުމަށްފަހު އައިޑީ ކާޑުގެ ނަންބަރު ނޯޓު ކުރުމަށް ފަހުއެވެ.

މާލޭގައި ކާޑު ދޫކުރާނެ ގަޑިތަކަކީ، ހެނދުނު 10:00 އިން ހަވީރު 4:00 އާއި ރޭގަނޑު 8:30 އިން 11:00 އަށެވެ. ރޯދަމަހު އެ މަސައްކަތް ކުރިއަަށްދާނީ ހެނދުނު 9:30 އިން މެންދުރުފަހު 1:00 އަށެވެ. ރޭގަނޑު 9:00 އިން 11:30 އަށެވެ.

މާލޭގައި ކާޑު ބަހާނީ ގަލޮޅު ދަނޑާއި ސިިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭބަޔާއި ސޯޝަލް ސެންޓަރާއި ވިލިމާލޭ، ބިއްރި މިސްކިތް ހޯލާއި ހުޅުމާލޭގެ އުމަރު ޒާހިރު ބިލްޑިންގާއި ހުޅުމާލެ ހިޔާ ޓަވަރު 10 ޔޫތު ސެންޓަރުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.