ޓޫރިސްޓުން އިތުރުވިޔަސް ޓެކުހުގެ އާމްދަނީ އިތުރުވުން ދަށް

ޓޫރިޒަމަށް މި އަހަރުގެ މިހާތަނަށް 15 ޕަސެންޓުގެ ކުރިއެރުމެއް ވަނީ ލިބިފަ އެވެ. ނަމަވެސް ޓެކުހުގެ އާމްދަނީ އިތުރުވެފައިވަނީ ނިސްބަތުން ކުޑަކޮށެވެ.

ވީއައިއޭގައި ޓޫރިސްޓުންތަކެއް : މި އަހަރު ޓޫރިޒަމަށް ބޮޑު ކުރިއެރުވުމެއް ވަނީ ލިބިފަ -- މި

ޓޫރިޒަމް ރަނގަޅުވެ، ޓޫރިސްޓުން އިތުރުވަމުން ދިޔަ ނަމަވެސް ޓެކުހުގެ އާމްދަނީ ނިސްބަތުން އިތުރުވުން މަދު ކަމަށް ހިސާބު ތަކުން ދައްކައިިފި އެވެ. 

ފިނޭންސުގެ ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި ޓެކުހުގެ އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު ލިބިފައި ވަނީ  5,235.4 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ މިހާތަނަށް މި އަދަދު އުޅެނީ 5,659.5 މިލިއަން ރުފިޔާގަ އެވެ. އެހެންވެ މިއީ 424.1 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. 

ޓެކުހުގެ އާމްދަނީ ލިބުނު ދާއިރާތައް

  •  ޓޫރިޒަމް ޓެކްސް - މި އަހަރު ދެ ބިލިއަން | މިދިޔަ އަހަރު ދެ ބިލިއަން
  •  ޖީއެސްޓީ - މި އަހަރު 2.8 ބިލިއަން | މިދިޔަ އަހަރު 2.8 ބިލިއަން
  •  ގްރީން ޓެކްސް - މި އަހަރު 191.7 މިލިއަން | މިދިޔަ އަހަރު 192.7 މލިއަން ރުފިޔާ
  •  ޑިޕާޗާ ޓެކްސް - މި އަހަރު 180.9 މިލިއަން | މިދިޔަ އަހަރު 179.4 މިލިއަން
  •  އިމްޕޯޓް ޑިއުޓީ - މި އަހަރު 467.9 މިލިއަން މިދިޔަ އަހަރު 558 މިލިއަން

މި އަހަރުގެ މިހާތަނަށް ޓޫރިޒަމް ޓެކުހުގެ ގޮތުގައި ލިބިފައި ވަނީ 2.8 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުވެސް ލިބިފައިވަނީ 2.8 ބިލިއަން ރުފިޔާ އެވެ. ޓޫރިސްޓުންގެ ބޮލަކަށް ވަކި އަދަދެއްގެ މަގުން ޓެކްސް ނަގާ ގްރީން ޓެކުހުން މިދިޔަ އަހަރު 192.7 މިލިއަން ރުފިޔާ ލިބުނުއިރު، މި އަހަރު ލިބިފައިވަނީ 180.9 މިލިއަން ރުފިޔާ އެވެ. 

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 443,128 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިދިޔަ އަހަރު އައިސްފައިވަނީ 382,190 ޓޫރިސްޓުންނެވެ. އެހެންވެ މިއީ ގާތްގަނޑަކަށް 15.9 ޕަސެންޓުގެ އިތުރު ވުމެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.