ފުރަތަމަ ޓާގެޓަކީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށް ދިނުން: ރައީސް

"ގެދޮރުވެރިކަން ބޭނުންވާ މާލެ ސިޓީގެ ހުރިހާ ރައްޔިތުންނަށް ގެދޮރުވެެރިކަން ކަަށަވަރު ކޮށް ދިނުމަކީ އެއީ އެންމެ ފުރަތަމަ ކަމަކީ،"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލްވުމެއް ގައި ބައިވެރިވެވަޑައިގަންނަވަނީ

މާލެ ސަރަހައްދުގައި ބިން ހިއްކާ ބޯހިޔާވަހިކަމަށް ހިންގޭ ޕްރަގްރާމްތަކުގެ ފުރަތަމަ ޓާގެޓަކީ މާލޭގެ ހުރިހާ ރައްޔިތުންނަަށް ބޯހިޔާވަހިކަން ކަަށަވަރު ކޮށް ދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ސިލްސިލާގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މީދޫއަށް ނިސްބަތްވާ މީހަކު ވަނީ މާލެ ސަރަހައްދުން އަތޮޅުތަކުގެ މީހުންނަށް ވެސް ބޯހިޔާވަހިކަން ލިބޭނެތޯ ސުވާލު ކުރައްވާފައެވެ.

ރައީސް ވިދާޅުވީގެދޮރުވެެރިކަމުގެ ފުރުސަތު ނެތި އެންމެ ގިނަ ދުވަސްވީ މާލޭގެ ރައްޔިތުން ކަމަށެވެ. އެހެން ކަމުން މާލެ ސަރަހައްދުގައި ހިންގާ ގޯތި ދިނުމާއި ހަައުސިން ސްކީމުތަކުގެ އެންމެ ފުރަތަމަ ޓާގެޓަކީ މާލެ ރައްޔިތުން ކަމަށެވެ.

"ގެދޮރުވެރިކަން ބޭނުންވާ މާލެ ސިޓީގެ ހުރިހާ ރައްޔިތުންނަށް ގެދޮރުވެެރިކަން ކަަށަވަރު ކޮށް ދިނުމަކީ އެއީ އެންމެ ފުރަތަމަ ކަމަކީ،" 

ރައީސް ވިދާޅުވީ މާލެ ސަރަހައްދުގައި ބޯހިޔާވަހި ކަމަށް ހިންގަނީ މުޅި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ފަދަ ބިޔަ މަޝްރޫއު އެކެވެ. އެއީ ވަރަށް ގިނަ އަދަދެއްގެ ބަޔަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިވާނެ މަޝްރޫއުއެއް ކަމުން މި ސަރަހައްދުން ބޯހިޔާވަހިކަމުގެ ފުރުސަތު ބޭނުންވާ އެންމެނަށް އެ ފުރުސަތު ތަނަވަސް ކޮށް ދެއްވާނެ ކަމަަށް ވިދާޅުވި އެވެ. 

އަދި އަތޮޅުތެރޭގެ އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަމަށް ގިނަ މަޝްރޫއުތަކެއް ހިންގަވާނެ ކަމަށް ވިދާޅުވި އެވެ.

"މި ދައުރު ނިމޭއިރު ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ ގެދޮރުވެރިކަމުގެ ދާއިމީ ޔަގީންކަން ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.