ސޯލިހް ބަލިކަށި، ރައީސް މުއިއްޒު އެކަނިވެރި ވެއްޖެ: ނަޝީދު

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް އިންތިހާބުގެ ދުވަސްވަރު އޮތް ހާލަތު މިހާރު ބަދަލުވެފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެ ގޮތުން ރައީސް މުއިއްޒު މިހާރު ހުންނެވީ ވަރަށް ބޮޑަށް އެކަހެރިވެ އެކަނިވެރިވެފައިވާ ކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ރިޔާސީ އިންތިހާބު ގެއްލި އެމްޑީޕީގެ ވެރިކަން ނިމިގެން ދިޔައީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ބަށިކަށި ކަމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާގައި ކުރިއަށްދާ ރިޕަބްލިކް ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަޝީދު ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާއި ބައިނަލްއަގްވާމީ ބައެއް މައްސަލަތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މިދިޔަ އަހަރު އޮތް ރިޔާސީ އިންތިހާބު، ރައީސް މުއިއްޒު ކާމިޔާބު ކުރެއްވީ އިންޑިއާ ސިފައިން ބޭލުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅަށް ރައްޔިތުންގެ މެދުގައި އޮތް ތާއީދެއްގެ ބޮޑު ކަމުން ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި މުއިއްޒަށް އިންތިހާބު ކާމިޔާބު ކުރެއްވުނީ ރައީސް ސޯލިހްގެ ބަލިކަށި ކަމުންނެވެ. އަދި އެމްޑީޕީ ބައިބައިވެ އެ ޕާޓީގެ ބަދަހިކަން ގެއްލިފައި އޮތުމުންނެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް އިންތިހާބުގެ ދުވަސްވަރު އޮތް ހާލަތު މިހާރު ބަދަލުވެފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެ ގޮތުން ރައީސް މުއިއްޒު މިހާރު ހުންނެވީ ވަރަށް ބޮޑަށް އެކަހެރިވެ އެކަނިވެރިވެފައި ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމްގެ ރައީސް ކަމުންނާއި މެންބަރު ކަމުން ރައީސް އަބްދުﷲ ޔާމީން އިސްތިއުފާ ދެއްވާ ރައީސް މުއިއްޒާއި ފެއަށް ވަޑައިގެންފައިވާ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ. 

"ރައީސް މުއިއްޒު ވަށައިގެން މިހާރު އެކަކު ވެސް ނެތް. އެމަނިކުފާނު ފެންނަނީ ވަރަށް ބޮޑަށް އެކަނިވެރިވެފައި ވަނިކޮށް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާން އާ ފުރޮޅުމަކަށް މިސްރާބު ޖަހާފައިވާ ކަމަށެވެ. އަދި މިހާރު ސިޔާސީ މަސްރަހު އޮތް ގޮތް ވަޒަންކޮށްލަން ރަނގަޅު ފުރުސަތެއް ކުރިމަތީ އޮތް ކަން ފާހަގަ ކުރެއްވި އެވެ. ނަޝީދު އެ އިޝާރާތް ކުރައްވަނީ އަންނަ މަހުގެ 21 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށެވެ. އެމަނިކުފާނު ވިދާޅުވީ އިންތިހާބުގެ ނަތީޖާ ނިކުންނަ ގޮތަކުން ސިޔާސީ މައިދާން މިހާރު އޮތްގޮތް ސާފު ވެގެން ދާނެ އެވެ.

ކޮމެންޓް

2
450
މުހަާ
1 month ago

އިންޑިޔާއިން އެންގި ގޮތަށް އެންގި ވާހަކައެއް ދައްކަން ގެންގޮސްފަ ބޮޑު ހާއިނެއް

މާ އެލް
1 month ago

މީބޮޑު --- އެއް މިޤައުމަށް ޖެހިފައިވާ، ދިމޮކޮރޮޓިއާގެ ފައުންޑަރ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.