ހުޅުމާލެ އެކްސިޑެންޓް ގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ

އެކްސިޑެންޓްވީއިރު ސައިކަލް ދުއްވަން އިނީ މުހައްމަދު ލަޔާން ޝަރީފް (ލުއްލު) އެވެ. އެކްސިޑެންޓް ގައި ވަރަށް ބޮޑަށް އަނިޔާވެފައި ވަނިކޮށް އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ޓްރެފިކް ފުލުހުންނެވެ.

ހުޅުމާލެ އެކްސިޑެންޓް ގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ އެވެ.

ހުޅުމާލެ ގުލްއަލާމާ ހިނގުމުގެ ހުޅަނގުން ބާރަށް ދުއްވި ސައިކަލެއްގެ ކޮންޓްރޯލް ގެއްްލި އިމިގިރްޝަންގެ ޑިޓެންޝަން ސެންޓަރު ކުރިމަތީ ޕާކް ކޮށްފައިވާ ވޭނެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގީ މި މަހުގެ ތިންވަނަ ދުވަހުގެ މެންދަމުގެ ވަގުތެއް ގައެވެ.

އެކްސިޑެންޓްވީއިރު ސައިކަލް ދުއްވަން އިނީ ލ. ދަނބިދޫ، އަތަމާގެ މުހައްމަދު ލަޔާން ޝަރީފް (ލުއްލު) އެވެ. އެކްސިޑެންޓް ގައި ވަރަށް ބޮޑަށް އަނިޔާވެފައި ވަނިކޮށް އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ޓްރެފިކް ފުލުހުންނެވެ.

ލުއްލުގެ އާއިލާ އިން ދެންމެ ބުނީ ފަރުވާ ދެނިކޮށް ލުއްލު ނިޔާވެފައިވާ ކަމަށެވެ. އެކްސިޑެންޓަށް ފަހު ލުއްލުގެ ހާލު ވަރަށް ދެރަވެ ނިޔާވުމާއި ހަމައަށް ވެސް ފަރުވާ ދެމުން އައީ ވެންޓިލޭޓަރު ގައި ބާއްވައިގެންނެވެ. ލުއްލު އަކީ ގުރުއާންގެ އިލްމަށް ބޮޑު ޝައުގުވެރި ކަމެއް ހުރި ޒުވާނެކެވެ. ނިޔާވިއިރު 25 ފޮތް ވަނީ ހިތުން ދަސްކޮށްފައެވެ.

އެކްސިޑެންޓް ގައި އޭނާ ދުއްވި ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. އަދި ސައިކަލް ޖެހުނު ވޭން ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.