"ސަރުކާރުން ހަދަނީ ދޮގު، ބަދަލު ދިނީ ދައުލަތަށް ގެއްލުން ނުވާނެހެން"

އުޝާމް އިއްޔެ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ވިދާޅުވީ، އެ ބަދަލުތައް ނަގައިދޭން ޖެހުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނާ ހިލާފަށް ކަންކަން ކޮށްފައިވާތީ، ރައްޔިތުންގެ އެތައް ހައްގުތަކެއް ގެއްލިފައި އޮތުމުން ކަމަށެވެ.

އެމްޑީޕީގެ މަޖިލިސް ކެމްޕޭން، "މިސްރާބު ހަމަމަގަށް" ތަރުޖަމާނު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ --

ކުރީ ސަރުކާރުން އުފެއްދި ސެޓްލްމެންޓް ކޮމެޓީން މީހުންނަށް ގެއްލުމުގެ ބަދަލު ދީފައި ވަނީ ދައުލަތަށް ގެއްލުން ނުވާނެހެން ކަމަށާއި، ސަރުކާރުން ދައްކަމުން ދަނީ ހުސް ދޮގު ވާހަކަ ކަމަށް އެމްޑީޕީގެ މަޖިލިސް ކެމްޕޭން، "މިސްރާބު ހަމަމަގަށް" ތަރުޖަމާނު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވެއްޖެ އެވެ.

މަޖިލީސް ކެމްޕޭނު ޓީމުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސަ ވިދާޅުވެފައި ވަނީ ސަރުކާރުގެ އެކި ވުޒާރާތަކުން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައި، ކުރީ ސަރުކާރުގެ ބޮލުގައި އަޅުވަމުން ދަނީ ދޮގު އިލްޒާމްތަކެއް ކަމަށެވެ.

އިއްޔެ އެޓާނީ ޖެނެރަލްގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބަންޑާރަ ނައިބް އަހުމަދު އުޝާމް ވިދާޅުވެފައި ވަނީ ސަރުކާރު ބަދަލުވުއިރު 10 މީހަކަށް އެއް ބިލިއަނުގެ ބަދަލު ނަގައިދޭން އެ ކޮމެޓީން ނިންމާފައިވާ ކަމަށެވެ. އެކަން ކުރުން އެ އޮފީހުން މިހާރު ވަނީ ހުއްޓުވާފަ އެވެ.

އުޝާމް އިއްޔެ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އީސަ ވިދާޅުވީ، އެ ބަދަލުތައް ނަގައިދޭން ޖެހުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނާ ހިލާފަށް ކަންކަން ކޮށްފައިވާތީ، ރައްޔިތުންގެ އެތައް ހައްގުތަކެއް ގެއްލިފައި އޮތުމުން ކަމަށެވެ. ބަދަލު ނަގައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއް ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ބަދަލުގެ ގޮތުގަ އެގޮތަށް ވާހަކަ ދައްކާއިރު، ޔާމީންގެ ސަރުކާރުގަ ގާނޫނާ ގަވާއިދަށް ބެއްލެވުމެއް ނެތި، ހަދާފަ ހުރި އެއްބަސްވުމަކަށް ބެއްލެވުމެއް ނެތި، ހިތައް އެރިހާ ގޮތަކަށް އެއްބަސްވުންތައް ބާތިލުކޮށް، އިންވެސްޓަރުންނަށް ދީފައިހުރި ގެއްލުމުގެ އާހިރު ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެން ދައުލަތުން އުފުލަން ޖެހުނު ވަރަށް ބޮޑު ބުރައެއް، ރައްޔިތުންގެ ޓެކްސް ފައިސާގެ ތެރެއިން ގެއްލިފަ ހުރި ފައިސާތަކެއް އެއީ،" އުޝާމަށް ރައްދު ދެއްވަމުން އީސަ ވިދާޅުވި އެވެ.

ސަރުކާރުން އެ ކޮމެޓީގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ލަފާގެ މަތިން ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ކޯޓުން ނިންމާފަ ހުރި އަދަދުތައް އެއީ ދައުލަތަށް ދޭން ކެރި ކުޅަދާނަ އަދަދުތަކަކަށް ނުވާތީ، ނެގޯޝިއޭޓް ކޮށްގެން އެ އަދަދުތައް ކުޑަކުރުމަށް ނުވަތަ ފައިސާގެ ބަދަލުގަ އެބޭފުޅުން ބޭނުންފުޅުވާ އެހެން އެރޭޖްމެންޓްތަކަށް ދެ ފަރާތުން ވާހަކަދައްކައި، ދައުލަތަށް ގެއްލުން ނުވާނެ ގޮތެއްގެ މަތިން އަޅުގަނޑުމެން ކޮށްފަ ހުރި ކަންކަން އެއީ،" އީސަ ވިދާޅުވި އެވެ.

ކުރީ ސަރުކާރުން އެންމެ ބޮޑު ބަދަލެއް ދޭން ޖެހުނީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އޭރު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އަމަލު ކުރެއްވި ގޮތުން ކަމަށް ވެސް އީސަ ވިދާޅުވި އެވެ. އެގޮތުން، ނޫމަޑި މައްސަލައިގައި ދިވެހި ދައުލަތާ ދެކޮޅަށް އާބިޓްރޭޝަނުގައި ހެކިބަސް ދިނުމުގެ ސަބަބުން ދައުލަތަށް ބޮޑު ބުރައެއް އުފުލަން ޖެހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީ ސަރުކާރުގެ ދިފާއުގައި އީސަ ވާހަކަދައްކާފައިވާއިރު، ގާނޫނާ ހިލާފަށް، ބާރުގެ ނުހައްގު ބޭނުން ކޮށްގެން މީހުންނަށް ބޮޑެތި ބަދަލުތައް ނަގާދީފައިވާ ކަމަށް މި ސަރުކާރުން ވަނީ ތުހުމަތުކޮށްފަ އެވެ. ސަރުކާރުން މިހާރު ވަނީ ސެޓްލްމެންޓް ކޮމެޓީ އުވާލާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.