މި ފަހަރު ތަފާތު؛ އެސްޓީއޯ އިން ރޯދައަށް ފިޔާގެ އަގު ވައްޓާލައިފި

އަގަށް ގެނައި ބަދަލާއެކު ފިޔާ ކިލޯއެއްގެ އަގު ވަނީ 20ރ. އިން 17ރ. އަށް ވެއްޓިފަ އެވެ.

ވިޔަފާރި ކުރަން ގޮސް ހުރި މީހަކު ފިޔާ ބަސްތާއެއް ހިފައިގެން -- މި

ރޯދަ ފެށެން ދެ ތިން ދުވަހަށް ވެފައިވަނިކޮށް އެސްޓީއޯއިން އަނެއްކާ ވެސް ފިޔާގެ އަގު ވައްޓާލައިފި އެވެ. 

ރޯދައާ ދިމާކޮށް އެސްޓީއޯއިން ގެނެސްފައިވާ ފިޔާގެ އަގަށް މިއަދު ގެނައި ބަދަލާއެކު ހޯލްސޭލްކޮށް ފިޔާ ނަގާ ފަރާތްތަކަށް ބޮޑުތަން ހެޔޮކޮށް ފިޔާ ލިބޭނެ އެވެ. އެ ކުންފުނިން މިހާރު ގެނެސްފައިވާ ބަދަލާއެކު ކުރިން 20ރ. އަށް ވިއްކާ ފިޔާ ކިލޯއެއް 17ރ. އަށް ވަނީ ވެއްޓިފަ އެވެ. 

އެސްޓީއޯގެ ހޯލްސޭލް އަގުތައް

  •  ކުރީގަ - އެއް ބަސްތާ 450ރ. އަށް | މިހާރު 320ރ. އަށް
  •  ކުރީގަ - ފަސް ބަސްތާ 400ރ. އަށް | މިހާރު 10 ބަސްތާ 320ރ. އަށް، 20 ބަސްތާ 300ރ. އަށް

އަގަށް ގެނައި ބަދަލާއެކު އެ ކުންފުނިން މިހާރު ބިސް ރީޓެއިލްކޮށް 380ރ. އަށް ލިބޭނެ އެވެ. އަދި ފިޔާ ބަސްތާއެއް 370ރ. އަށް އަދި އަލުވި ބަސްތާއެއް 360ރ. އަށް ލިބެން ހުންނާނެ އެވެ. 

ބާޒާރު ކޮންޓްރޯލުގައި - މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މި ބާވަތްތަކުގެ އަގު އުފުލުމާއެކު އެސްޓީއޯއިން ވަނީ މަސައްކަތް ފަށާފަ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފިޔާ ބަސްތާއެއް 800ރ. އަށް އުފުލުނެވެ. އެހެންވެ އެ ކުންފުނިން ވަނީ ފިޔާ 400ރ. އަށް ގެނެސް ވިއްކައި ބާޒާރު މައިތިރިކޮށްފަ އެވެ. އޭގެފަހުން މީގެ ދެ މަސް ކުރިން ފެށިގެން އެ ކުންފުނިން ބާޒާރު ކައިރިން ބަލައި އަގުތައް ކޮންޓްރޯލް ކުރަން ދަނީ ފިޔަވަޅުތައް އަޅަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.