ސިޔާސީ މަންފާއަށް ބޭނުން ކުރުމުން އެމްޓީސީސީގެ ހާލަތު ދަށް: ސީއީއޯ

އެމްޓީސީސީން ބުނި ގޮތުގައި ކުރީ ސަރުކާރު ނިމުނު އިރުގައި އެމްޓީސީސީ އޮތީ 954 މިލިއަން ރުފިޔާއަށް ދަރަ އެވެ. އަދި އެކި ފަރާތްތަކުން ކުންފުންޏަށް ދައްކަން ޖެހޭ 1.7 ބިލިއަން ރުފިޔާ ނުލިބި ވެއެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާބާ އެމްޓީސީސީގެ ހާލަތު ދަށްވީ ސިޔާސީ މަންފާއަށް ކުރީ ސަރުކާރުން އެ ކުންފުނި ބޭނުން ކުރުމުން ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އާ ސީއީއޯ އަބްދުﷲ ޒިޔާދު ވިދާޅުވީ އޭނާ އެ ކުންފުންޏާއި ހަވާލުވެވަޑައިގެންނެވިއިރު އެމްޓީސީސީގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެ އޮތީ ވަރަށް ނާޒުކު ހާލަތެއްގައި މާލީ ގޮތުން ބޮޑު އަދަވަޅެއްގައި ކަމަށެވެ. ކުންފުނީގެ ހަރުމުދާ ބެލެހެއްޓުމުގައި  އިހުމާލު ވެ، ހިންގުމުގެ ހަރަދުތައް އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ.

"މިހާރު މި ދަނީ މައްސަލަތައް ދެނެގަނެ، އެކަންކަން ހައްލު ކުރަން ފިޔަވަޅުތައް އަޅައި އޮޑިޓެއް ކުރަމުން އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުން." ޒިޔާދު ވިދާޅުވިއެވެ.

އެމްޓީސީސީން ބުނި ގޮތުގައި ކުރީ ސަރުކާރު ނިމުނު އިރުގައި އެމްޓީސީސީ އޮތީ 954 މިލިއަން ރުފިޔާއަށް ދަރަ އެވެ. އަދި އެކި ފަރާތްތަކުން ކުންފުންޏަށް ދައްކަން ޖެހޭ 1.7 ބިލިއަން ރުފިޔާ ނުލިބި ވެއެވެ. އެ ފައިސާ ހޯދަން އެ މެނޭޖްމެންޓްގެ ސްޓްރެޓެޖީއަކީ ޕްރައިވެޓް ޕްރޮޖެކްޓްތަކަށް ޑައިވާސިފައިކުރަން ޖެހިފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.