އިޒްރޭލަށް ހަތިޔާރު ވިއްކުން މަނާކުރަން ރާއްޖޭން ގޮވާލައިފި

އިސްރާއީލުގެ އަމަލުތައް ހުއްޓުވައި، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާތަކަށް ޖަވާބުދާރީ ކުރުވުމަށް ކައުންސިލާއި ބައިނަލްއަގްވާމީ މުޖުތަމައަށް ރާއްޖޭން ވަނީ ގޮވާލާފައެވެ.

ސަފީރު ޑރ. އަލީ ނަސީރު މުހައްމަދު

އިސްރާއީލަށް ހަތިޔާރު ވިއްކުން މަނާކުރުމަށް ރާއްޖޭން އދ ގަައި ގޮވާލައިފި އެވެ. ރާއްޖޭން ގޮވާލީ އަވަހަށް އެ ފިޔަވަޅު އެޅުމަށެވެ.

ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ޖަރީމާތައް ހުއްޓާލާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ލާޒިމުކޮށް އދ ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު ވީޓޯ ކުރުމާ ގުޅިގެން މިހާރު ކުރިއަށްދާ ބަހުސް ގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުން ސަފީރު ޑރ. އަލީ ނަސީރު މުހައްމަދު ވަނީ ފަލަސްތީނުގައި އިސްރާއީލުން ހިނގަމުންދާ ނަސްލު ނައްތާލުމުގެ މައްސަލަ ހުއްޓުވުމަށް އަވަސް ފިޔަވަޅު އެޅުމަށް ސަލާމަތީ މަޖިލީހަށް ގޮވާލައްވާފަ އެވެ.

މިދިޔަ މަހުގެ ފަހު ދުވަހު އިޒްރޭލުން ހިންގި ޖަރީމާތައް ވަކީން ފާހަގަ ކޮށް ރާއްޖޭގެ ބަޔާނުގައި ބުނީ އެދުވަހާއި އޭގެ ފަހުން އިސްރާއީލުން ޝަހީދުކުރި އާންމުންނަކީ ކާނާއާއި ފެނާއި އެހެނިހެން ޒަރޫރީ ތަކެތިން މަހުރޫމްކޮށްފައިވާ މީހުން ކަމަށެވެ.

އެހެން ކަމުން އިސްރާއީލުގެ އަމަލުތައް ހުއްޓުވައި، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާތަކަށް ޖަވާބުދާރީ ކުރުވުމަށް ކައުންސިލާއި ބައިނަލްއަގްވާމީ މުޖުތަމައަށް ރާއްޖޭން ވަނީ ގޮވާލާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.