ވިޔަފާރި ބަނދަރާއި ބަންކަރިން މަޝްރޫއުތަކުން އިންގިލާބެއް އަންނާނެ

ސީއީއޯ ވަޖީހު ވިދާޅުވީ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް، އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ޕޯޓެއް މަޝްރޫއާއި ލ. ގާދޫގައި ބަންކަރިންގެ ހިދުމަތުން ބޮޑު ބަދަލެއް އަންނާނެ ކަމަށް

ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު މަޖީހު ފޯރަމްގައި ވާހަކަ ދައްކަވަނީ

މި ސަރުކާރުން ފަށަން ނިންމާފައިވާ މެރިޓައިމް ދާއިރާގެ ބަންކަރިން އާއި ޕޯޓް ބަދަލު ކުރުމުގެ މަޝްރޫއާއެކު މި ދާއިރާއަށް އިންގިލާބީ ބަދަލެއް ފެނިގެންދާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު މަޖީހު ވިދާޅުވެއްޖެ އެވެ. 

ރާއްޖޭގެ މެރިޓައިމް ސިނާއަތުގެ ހުރިހާ ފަރާތްތަކެއް އެއް ފުރާޅެއްގެ ދަށުން ބައްދަލުކޮށް މަޝްވަރާ ކުރަން މިއަދު ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ފެށި މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް ހުޅުވުމުގެ ގޮތުން ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މަޖީހު ވިދާޅުވީ މިވަގުތަކީ ރާއްޖެ އަށް މުހިންމު ވަގުތެއް ކަމަށާ، ދޭސީ އަދި ބިދޭސީ ފަރާތްތަކުން އެއް ފުރާޅެއްގެ ދަށުން ބައްދަލުކޮށް ކަންކަން ހައްލު ކުރަން މަސައްކަތް ކުރަން ޖެހޭ ވަގުތު ކަމަށެވެ. 

ސީއީއޯ ވިދާޅުވީ މި ސަރުކާރުން ފަށަން ތައްޔާރުވާ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ޕޯޓު މަޝްރޫއު އަދި ލ. ގާދޫގައި ބަންކަރިންގެ ހިދުމަތުގެ ސަބަބުން މި ސިނާއަތަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. 

ސީއީއޯގެ ވާހަކަފުޅުގެ މުހިންމު ޕޮއިންޓްތައް

  •  އެމްޕީއެލް އޮތީ މި ދާއިރާ ތަރައްގީ ކުރަން އަތުކުރި އޮޅާލައިގެން
  •  އިގްތިސޯދު ކުރިއަރުވަން އަދުގެ ސަރުކާރުން މުހިންމުކަމެއް ދޭ
  •  މެރިޓައިމް ދާއިރާއަށް ރާވާފައިވާ މަސައްކަތްތަކާއެކު މި ދާއިރާއަށް އިންގިލާބެއް އަންނާނެ
  •  މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރާނެ
  •  އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ޕޯޓެއް ހަދާނެ
  •  ލ. ގާދޫގައި ބަންކަރިންގެ ހިދުމަތް ފަށާނެ

މެރިޓައިމް ކޮންފަރެންސް - މި ކޮންފަރެންސްއަކީ އިންޓަނޭޝަނަލް ޕޯޓް ހާބަރު އެސޯސިއޭޝަން އާއި ނޭޝަނަލް ކޮންފަރެންސް އެންޑް ޓްރޭޑް ޑިވްލޮޕްމަންޓް އަދި މެލޯޝިއާގެ ޖޮހޯރު ޕޯޓް އާއި ޕޯޓް އޮފް މެލޭޝިއާ ސްޕެއިން ގުޅިގެން ބާއްވާ ކޮންފަރެންސެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.