ރައިޓްސް އޮފީހުގައި ގިނައީ އިންތިގާލީ އޮފީހުން އިންސާފު ނުލިބުނު މައްސަލަތައް

އޭނާ ވިދާޅުވީ އެ އޮފީހަށް ހުށަހަޅާފައި ވަނީ ވަރަށް ސީރިއަށް އަދި ގިނަ ބައެއްގެ ހައްގުތަކެއް ހިމެނޭ މައްސަލަތަކެއް ކަމަށެވެ. ނަމަވެސް، އެ އޮފީހުން ވެސް އަދި ސަރުކާރުން ވެސް އެ ގާނޫނާ އެއްގޮތަށް އަމަލު ކޮށްފައި ނުވާ ކަން ފާހަގަކުރެއްވި އެވެ.

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް: އިންތިގާލީ އޮފީހުން ބަދަލުހޯދައިދޭން ނިންމި 30 މައްސަލައެއް އޭޖީ އޮފީހުގައި އެބަ އޮތް --

ގާނޫނުއަސާސީއާ، ރާއްޖޭގެ ގާނޫނުތަކުގެ ދަށުން ކޮންމެ މީހަކަށް ލިބިފައިވާ މަދަނީ ހައްގުތައް ލިބިދޭކަން ކަށަވަރު ކުރުމާ ގުޅޭ މަސައްކަތް ކުރުމަށް މި ސަރުކާރުން އުފައްދާފައިވާ ސިވިލް ރައިޓްސް އޮފީހަށް އެންމެ ގިނައިން ހުށަހަޅަނީ ކުރީ ސަރުކާރުން އުފެއްދި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން އިންސާފު ނުލިބުނު މައްސަލަތައް ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ސިވިލް ރައިޓްސް އޮފީހުގެ މެންޑޭޓްގެ ތެރޭގައި ހިމެނެނީ، މަދަނީ ހައްގުތައް ލިބިދިނުމުގައި ކުރެވޭ އެކިއެކި ތަފާތުކުރުންތަކާ ގުޅޭ ޝަކުވާތަކާއި، މަދަނީ ހައްގުތައް ލިބުނުދީ ހިފެހެއްޓުމާ ގުޅޭ ގޮތުން މީހުން ކުރާ ޝަކުވާތައް ހުށަހެޅުމުން، އެ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމެވެ.

"އަޅުގަނޑުމެންނަށް އެންމެ ގިނަ ޝަކުވާ މި އައީ، ކުރިން އޮތް އިންތިގާލީ އިންސާފުގެ އޮފީހަށް، ހުށަހަޅައިގެން އިންސާފު ނުލިބުނު މައްސަލަތައް،" އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

އިންތިގާލީ އިންސާފުގެ އޮފީހަކީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަކަށް އަރައިގެންފައިވާ ނަމަ އެ މައްސަލައެއް ބަލައި އިންސާފު ހޯދައި ދިނުމަށް ކުރީ ސަރުކާރުން ގާނޫނެއް ފާސްކޮށްގެން އުފެއްދި އޮފީހެކެވެ. ސަރުކާރު ނިމުމާއެކު އެ އޮފީހުގެ ގާނޫނީ މުއްދަތު ވެސް ވަނީ ހަމަވެފަ އެވެ. އެހެންވެ އެ އޮފީސް މިހާރު ވަނީ އުވިފަ އެވެ.

އުޝާމް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އެ އޮފީސް ނިމުމަކަށް އައިސްފައިވާއިރު، ޖުމްލަ 460 މައްސަލަ އެ އޮފީހުން ތަހުގީގު ކުރަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިން 453 މައްސަލަ ބަލާ ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ހިއްސާކުރި ލިޔުންތަކުން އެނގެން އޮންނަ ކަމަށެވެ. 

އިންތިގާލީ އޮފީހާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ އެއްވެސް މީހެއްގެ ހައްގެއް ގެއްލިފައިވާނަމަ އެ ގާނޫނު ބުނާ ގޮތުގައި ގެއްލުމުގެ ބަދަލު ހޯދަން ޖެހޭނީ ޝަރީއަތް މެދުވެރިކޮށް ކަމަށެވެ. އެކަން ކުރަން ޖެހޭނީ އޭޖީ އޮފީހަށް ހުށަހަޅައިގެންނެވެ. ޝަރީއަތަށް ހުށަހަޅަން ޖެހޭ 30 މައްސަލައެއް، އެ އޮފީސް އުވިގެން ދިޔައިރު އޭޖީ އޮފީހަށް އޮތީ ހުށަހަޅާފަ އެވެ. ނަމަވެސް ހަމައެކަނި އޮތީ ކޭސް ނަންބަރެއް އެކަންޏެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ ކުރީގެ ވެރިން --

ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެ އޮފީހުގެ ސާވާއަށް މިހާރު އެކްސެސް ހޯދާފައިވާ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

"މި އޮފީހުގެ ފަރާތުން އެ ސާވާގަ ހުރި ލިޔެކިޔުންތައް ބެލިއިރުގަ އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ ލިޔެކިޔުންތައް ވަކި އުސޫލެއްގެ ދަށުން ތަރުތީބު ކުރެވިގެން ލިޔެކިޔުންތައް ފަރުވާތެރިކަމާއެކު ބަލަހައްޓާފައި ނުވާކަން. އެކަމުގެ ސަބަބުން އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އޮތް 30 މައްސަލައާ ގުޅޭ ލިޔެކިޔުންތައް ހޯދަން ވެސް ވަރަށް ބޮޑެތި ގޮންޖެހުންތައް ދިމާވެގެން މިހާރު މިއުޅެނީ،" އުޝާމް ތަފްސީލްކޮށްދެއްވި އެވެ.

އޭނާ ވިދާޅުވީ އެ އޮފީހަށް ހުށަހަޅާފައި ވަނީ ވަރަށް ސީރިއަށް އަދި ގިނަ ބައެއްގެ ހައްގުތަކެއް ހިމެނޭ މައްސަލަތަކެއް ކަމަށެވެ. ނަމަވެސް، އެ އޮފީހުން ވެސް އަދި ސަރުކާރުން ވެސް އެ ގާނޫނާ އެއްގޮތަށް އަމަލު ކޮށްފައި ނުވާ ކަން ފާހަގަކުރެއްވި އެވެ.


"އަޅުގަނޑު ގަބޫލުކުރަނީ މިދިޔަ ސަރުކާރުން ވެފަ އޮތް ވަރަށް ބޮޑު އިހުމާލެކޭ އެއީ. ގާނޫނުގަ ވަރަށް ސާފުކޮށް ބަޔާންކޮށްފަ އެބަ އޮވޭ މުއްދަތު ހަމަވުމުގެ ކުރިން ދެން އަމަލު ކުރަން ޖެހޭނެ ގޮތުގެ ވާހަކަ، މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން މިތަނަށް ހުށަހެޅިފަ އޮތް މައްސަލަތަކާމެދު ދެން އަމަލުކުރަން ޖެހޭ ގޮތެއް، އިންތިޒާމެއް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިދޭން ޖެހޭނެ ކަމަށް ގާނޫނުގަ ވަރަށް ސާފުކޮށް ބަޔާންކޮށްފައިވީ ނަމަވެސް އެ އޮފީސް ގާނޫނީ ގޮތުން އުވިގެން ދިޔައިރުވެސް އެ އިންތިޒާމްތައް ހަމަނުޖެއްސުމުގެ ސަބަބުން އަޅުގަނޑުމެންނަށް މި މައްސަލަތައް ދިމާވެގެން މިއުޅެނީ،" އުޝާމް ވިދާޅުވި އެވެ.

އިންތިގާލީ އިންސާފުގެ އޮފީސް އުފެއްދީ ދެ އަހަރުގެ މުއްދަތެއްގެ ތެރެއިން ހުރިހާ މައްސަލައެއް ބަލާ ނިންމާ ގޮތަށެވެ. ނަމަވެސް އެ މުއްދަތުގައި މައްސަލަތައް ނުނިމޭތީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނޮވެމްބަރު 17، 2023 އަށް އޮފީހުގެ މުއްދަތު ދަންމާލައިފަ އެވެ. އެ އޮފީހުން މައްސަލަތަކުގެ ރިޕޯޓް ނުލިބި، ގިނަ ބަޔަލު އޮފީސް ދޮށަށް އެއްވެސް އަޑު ވެސް އުފުލާފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.