ކްލާސްރޫމްތައް އޭސީ ކުރަން ސޯލާ ޕެނަލް ހަރު ކުރަނީ

ކްލާސްރޫމްތައް އޭސީ ކުރުމަކީ ކިޔަވާ ކުދިންނާއި ޓީޗަރުން އަދި ސްކޫލުތަކުގެ މެނޭޖްމެންޓުން ވެސް ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު: ކްލާސްރޫމްތައް އޭސީ ކުރަން ސޯލާ ޕެނެލް ހަރުކުމުގެ މަޝްރޫއެއް ފައްޓަވައިދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައި --

ސްކޫލުތަކުގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމަށް މަގުފަހިވާގޮތަށް އަންނަ އަހަރުން ފެށިގެން އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކެއް ސްކޫލުތަކުގައި ފައްޓަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރޭ ދ. މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ރަށްރަށަށް ވަޑައިގަތުމުން ސްކޫލްތަކުން ކުރާ އެއް ޝަކުވާއަކީ ކްލާސްރޫމްތައް ހޫނު ވުމުގެ ޝަކުވާ ކަމަށެވެ. ކްލާސްރޫމްތައް އޭސީ ކުރުމަކީ ކިޔަވާ ކުދިންނާއި ޓީޗަރުން އަދި ސްކޫލުތަކުގެ މެނޭޖްމެންޓުން ވެސް ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ކްލާސްރޫމެއް އޭސީ ކުރާނަމަ ކަރަންޓު ބިލުތައް ވަރަށް ބޮޑު ވާނެ ކަމަށެވެ. އެހެންކަމުން، އަންނަ އަހަރުން ފެށިގެން ސޯލާ ޕަވާ ބޭނުން ކުރެވޭ އިއާދަކުރަނިވި ކަރަންޓު އުފެއްދާ މަޝްރޫއުތަކެއް ސްކޫލްތަކުގައި ހިންގަން ގަސްދުކުރައްވާފައިވާކަން ފާހަގަކުރެއްވި އެވެ.

އޭސީ ކުރަން ބޭނުންވާ ސްކޫލްތަކަށް އެ މަޝްރޫއުގެ ތެރެއިން ޖާގަ ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އޭރުން ފުރަތަމަ ކުރާ އިންވެސްޓްމަންޓް، އިންވެސްޓްމަންޓަކަށް ވާނެ. ދެން އޭގެން ލިބޭ ހަކަތައިން ދެމެހެއްޓެނިވި ގޮތެއްގައި ކްލާސްރޫމްތައް އޭސީ ކުރެވިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ސޯލާ ޕެނެލް ހަރުކުރުމުގެ މަޝްރޫއެއް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު، ހޫނުގަދަ ކްލާސްރޫމްތައް ފިނި ކުރަން ވެސް ރައީސް ވަނީ ކުރީން އަންގަވާފަ އެވެ. ހދ. މަކުނުދޫއަށް ވަޑައިގަތުމުން އެ ޝަކުވާ ރައީސަށް ދެންނެވީ މަރުހަބާ ކިޔަން ނުކުމެ ތިބި ސްކޫލް ކުދިންތަކެކެވެ. އެދުވަހު ރައީސް ވަނީ ކްލާސްރޫމްތައް ފިނިކުރެވޭނެ ކޮންމެވެސް ނިޒާމަކުން އެކަން ކުރުމަށް ސްކޫލްތަކަށް އަންގާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.