އެންޑީއޭއިން ފަރުވާގެ ފޭކް ލިޔުން ވިއްކި މައްސަލަ ތަހުގީގު ކުރަނީ

އިތުރަށް ވިދާޅުވީ، އެ މައްސަލައަށް ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް އަންނަ އާދީއްތަ ދުވަހު ބާއްވަވައި، އިތުރު މައުލޫމާތު ހާމަކުރައްވާނެ ކަމަށެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ): ފަރުވާ ފުރިހަމަވެފައިވާ ކަމުގެ ފޭކް ލިޔުންތައް ވިއްކި މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުން --

ނޭޝަނަލް ޑްރަގް އެޖެންސީގައި ފަރުވާ ހޯދަމުން ދިޔަ ބަޔަކަށް ދޮގު ލިޔުންތައްދީ، ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައި ގިނަ އަދަދެއްގެ ފައިސާ ލޯންޑާ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވީ ފަރުވާގެ އެސެސްމެޓް ރިވިއުކުރުމުގެ ގޮތުން އެންޑީއޭގެ ލެބޯޓްރީން ހަދާ ޓެސްޓްތައް އޮޅުވާލައިގެން ފަރުވާ ހޯދަމުންދާ މީހުންނަށް ފޭކް ލިޔުންތައް ވިއްކި މި މައްސަލައިގައި އެންޑީއޭގެ ބައެއް އިސް ވެރިންނާއި މުވައްޒަފުން ހިމެނޭ ކަމަށެވެ.

"އެންޑީއޭގެ ލެބޯޓްރީން ހަދަންޖެހޭ ޓެސްޓްތައް އަޅުވާލައި، ފަރުވާ ފުރިހަމަކުރަން ޖެހޭ މީހުން ފަރުވާ ފުރިހަމަކުރަން ނުޖެހޭ ގޮތަށް ބަދަލުކޮށް އަދި، ފަރުވާ ކުރަން ޖެހޭ މީހުންގެ މުއްދަތު ކުރުކޮށް މުޖުތަމައުއަށް ދޫކޮށްލައި ފަރުވާ ފުރިހަމަކުރަން ޖެހޭ މީހުންގެ އަތުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގިނަ އަދަދެއްގެ ފައިސާ ރިޝްވަތުގެ ގޮތުގައި ހޯދައި ގިނަ އަދަދެއްގެ ފައިސާ ލޯންޑާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް،" މައްސަލައިގެ ތަފްސީލެއް ދެއްވަމުން ނަވީން ވިދާޅުވި އެވެ.

ނަވީން ވިދާޅުވީ މިދިޔަ މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުން ކަމަށެވެ. އެގޮތުން، ތުހުމަތު ކުރެވޭ ދެ މީހަކު ދިރިއުޅޭ ތިން ތަނަކާއި، މާލޭގައި އެންޑީއޭ ހިންގަމުންދާ ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. މި މައްސަލައަށް ބޭނުންވާ ލިޔެކިޔުންތަކާއި އިލެކްޓްރޯނިކް ސާމާނު ހޯދާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އިތުރު ތަފްސީލް ހާމައެއް ނުކުރައްވަ އެވެ. އިތުރަށް ވިދާޅުވީ، އެ މައްސަލައަށް ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް އަންނަ އާދީއްތަ ދުވަހު ބާއްވަވައި، އިތުރު މައުލޫމާތު ހާމަކުރައްވާނެ ކަމަށެވެ.

ޑްރަގް ކޯޓުން ހުކުމްކޮށްފައިވާ 700 މީހުން ފަރުވާގެ ނިޒާމަށް އެކްސެސް ނުލިބި އެބަ ތިބި ކަމަށް މިދިޔަ ޑިސެމްބަރު މަހު ސަރުކާރުން ހާމަކޮށްފައިވެ އެވެ. އެމީހުންނަށް ފަރުވާ ދިނުމުގެ ޕްރޮގްރާމެއް ވެސް ސަރުކާރުން ވަނީ ފަށާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.