ޑްރަގް ވިޔަފާރިކޮށްގެން އުމުރަށް ޖަލަށްލި 314 މީހަކަށް ކުރީ ސަރުކާރުން މާފުދީ ދޫކޮށްލި

މަސްތުވާތަކެތީގެ ވިޔަފާރި ކުރި ކަމަށް ސާބިތުވެ އުމުރު ދުވަހަށް ޖަލަށްލާފައިވާ 314 މީހަކަށް މިދިޔަ ފަސް އަހަރު މާފުދީ ދޫކޮށްލާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވި އެވެ.

ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން، ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން އުމުރަށް ޖަލަށްލާފައި ތިބި 314 މީހަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މާފުދީ ދޫކޮށްލި ކަަމަށް ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހޯމް މިނިސްޓްރީއާ ދިވެހި ފުލުހުންގެ ހިދުމަތުން ގުޅިގެން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމެއް ގައި މިނިސްޓަރު އަލީ އިހްސާން ވިދާޅުވި ގޮތުގައި ރައީސް ސޯލިހްގެ ފަސް އަހަރުގެ ވެރިކަމުގައި ޖަލުން ގިނަ ބަޔަކު ދޫކޮށްލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަމުން އައި މީހުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އުމުރަށް ޖަލަށްލާފައި ތިބި މީހުންގެ ތެރެއިން ދޫކޮށްލި ގިނަ މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ޖަލަށް ލާފައި ތިބި މީހުންނެވެ. އެ ގޮތުން މަސްތުވާތަކެތީގެ ވިޔަފާރި ކުރި ކަމަށް ސާބިތުވެ އުމުރު ދުވަހަށް ޖަލަށްލާފައިވާ 314 މީހަކަށް މިދިޔަ ފަސް އަހަރު މާފުދީ ދޫކޮށްލާފައިވާ ކަމަށް ވިދާޅުވި އެވެ.

"އުމުރަށް ޖަލަށް މީހަކު ލަނީ ފުލުހުން ކުރާ ވަރަށް ބުރަ މަސައްކަތުން އޭނަ ޑްރަގް ޓްރެފިކް ކުރި ކަމުގެ ތަހުގީގެއް ނިމި ޕްރޮސެކިއުޓް ކުރެވި އެތައް ދުވަހެއް ގައި ކޯޓް މަރުހަލާ ގައި ހިނގަމުން ގޮސް ޝަރީއަތުން މީހެއްގެ މައްޗަށް މިފަދަ ކުށެއް ސާބިތު ވަނީ. އެހެންވީމަ މިހާ ފަސޭހައިން އުމުރު ދުވަހުގެ ޖަލު ހުކުމަކުން ސަލާމަތް ކުރެވުން މިއީ ވަރަށް ކަންބޮޑުވާ ކަމެއް،"

އިހްސާން ވިދާޅުވީ އެގޮތަށް ދޫކޮށްލާ މީހުން ތަކުރާރުކޮށް އެކި ކުށްތަކަށް އަރައިގަންނަ މަންޒަރު ދަނީ ފެންނަމުންނެވެ. މިއީ ވަރަށް ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

1
450
ޙަމީދު
2 months ago

5 އަހަރުގެ ރިޔާސީ ދައުރު ނިންމައި ވެރިކަމުން ފޭބީ ދިވެތާރީޚުގަ ދިވެހި ޤައުމަށް އެއްވެސް ބަޔަކު ނުޖައްސާފަދަ ބޮޑެތި ތަކްލީތަކެެއް ޖައްސާފައެވެ ކުރުކޮޑްބުނާނަމަ ޤައުމު ލޫޓުވާލައި އަޅުވެތިކޮށްފަެެވެ. މިކަންކަން ބަލައި މިޚާއިނުންގެ ބައިގަޑު ޝަރީއަތަށް ވެއްދުމަކީ އަދުގެ ސަރުކާރުގެ މައްޗަށް ލާޒިމުކުރާ ޤައުމީ ވާޖިބެކެވެ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.