އަނަސްގެ މަރުގެ މައްސަލައިން ސަލާމަތްވި މީހަކު ގިނަ އަދަދެއްގެ ބަނގުރަލާއެކު ހައްޔަރު

ނަވީން ވިދާޅުވީ އެ މައްސަލާ ގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި އަނަސްގެ މަރުގެ މައްސަލާގައި ދައުވާ އުފުލި މީހުންގެ ތެރެެއިން މީހަކު ހިމެނޭ ކަމަށެވެ.

ނައްތާލަން ދޫނިދޫއަށް ޑްރަގް ގެންދަނީ

މީގެ ހަތް އަހަރު ކުރިން ލިޓަސް ސާވިސް ސެންޓަރު ތެރޭގައި އަނިޔާވެރިކޮށް ރ. މީދޫ، ފެންފިޔާޒުގޭ، މުހައްމަދު އަނަސް މަރާލި މައްސަލާ ގައި ދައުވާކޮށް ސަލާމަތްވި މީހަކު ގިނަ އަދަދެއްގެ ބަނގުރަލާ އެކު ހައްޔަރު ކޮށްފި އެވެ.

ހޯމް މިނިސްޓްރީއާ ފުލުހުން ގުޅިގެން ބޭއްވި ނޫސްވެރީންގެ ބައްދަލްވުމެއްގައި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވީ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއް ގައި ލޯންޗެއް ހުއްޓުވާ ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އެ ލޯންޗުން ވަރަށް ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވާ ކަމަށް ވެސް ބުންޏެވެ.

ނަވީން ވިދާޅުވީ އެ މައްސަލާ ގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި އަނަސްގެ މަރުގެ މައްސަލާގައި ދައުވާ އުފުލި މީހުންގެ ތެރެެއިން މީހަކު ހިމެނޭ ކަމަށެވެ. މިއީ ފުލުހުންގެ ކަންބޮޑުވުން ވަރަށް ބޮޑަށް އޮތް ކަމެއް ކަން ވެސް ފާހަގަ ކުރެއްވި އެވެ.

އަނަސް މަރާލި މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލި އެވެ. އެއީ ދަފްތަރު ނަމްބަރު 1746، ސިމާހު މޫސާ އާއި ސ. ފޭދޫ، ވެސްޓަންވިލާ، ހަސަން މަހްފޫޒް އާއި ތ. ކިނބިދޫ، ގުލްފާމުގެ، މުހައްމަދު ޝާޒް އާއި ލ. ގަން ތުނޑީ، ނަންނާރިގެ، ޖުނައިހު އަބްދުﷲ އާއި ޅ. ކުރެންދޫ އަސުރުމާގެ، އަހުމަދު ޒަޔާނުގެ އިތުރުން ގ. ލޮނުމިދިލިގެ، އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު، އުސްމާން ޝަރީފް އެވެ.

ކްރިމިނަލް ކޯޓުގައި މިދިޔަ އާދިއްތަ ދުވަހު ވަނީ މި މައްސަލައިގެ ހުކުމް އިއްވާފަ އެވެ. ދައުވާ ލިބޭ މީހުން ސަލާމަތް ވެފައި ވަނީ ކުށް ސާބިތުވާ ވަރަށް އެކަށީގެންވާ ހެކި ނެތުމުން ކަމަށް ބުނެ އެވެ. ހާދިސާ ހިނގި މަންޒަރު ދުށް ސިއްރު ހެކިންވެރިން މި މައްސަލައިގައި ހެކިބަސް ވެސް ދީފައެއް ނުވެ އެވެ. ދެ ފަހަރު ދައުލަތަށް ފުރުސަތު ދިނުމުން ވެސް އެމީހުން ކޯޓަށް ހާޒިރުކުރެވިފައެއް ވެސް ނުވެ އެވެ.

ނަވީން ވިދާޅުވީ ކޯޓްގެ ނިންމުމުގެ ރިޕޯޓް އަދި ނުލިބޭ ކަމަށާ އެ ރިޕޯޓް ލިބުހާ އަވަހަށް އިސްތިއުނާފު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.