"ފައިސާ ޗާޕު ކުރުން ހުއްޓާލުމުން ރަނގަޅު ނަތީޖާ ފެންނަން ފަށައިފި"

"ބްލެކް މާކެޓްގައި ޑޮލަރުގެ ރޭޓް އެބަ ދަށްވޭ. އިންފްލޭޝަން ދަށްވާނެ، ތަކެތީގެ އަގު ދަށްވާނެ، މިއީ ރުފިޔާ ޕްރިންޓް ކުރުން ހުއްޓާލާ މަނީ ސަޕްލައި ދަށްކުރުމުގެ ރަގަޅު ނަތީޖާ. އެމްޑީޕީ ސަރުކާރުގައި މިވާހަކަ ބުނީމަ އެކަން ނުކުރީ،"

ކުރީގެ ރައީސް މުހަަައްމަދު ނަޝީދު: ފައިސާ ޗާޕުކުރުން ހުއްޓާލުމުން އިގްތިސޯދީ ހާލަތު ރަގަޅުވަމުންދާކަން ވަނީ ފާހަގަކުރައްވާފައި --

ސަރުކާރުން ފައިސާ ޗާޕު ކުރުން ހުއްޓާލުމުން އިގްތިސޯދީ ގޮތުން ރަނގަޅު ނަތީޖާ ފެންނަމުންދާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކޮވިޑުގެ ހާލަތުގައި އާމްދަނީ ދަށްވުމުން ކުރީ ސަރުކާރުން ވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާ ސަސްޕެންޑް ކޮށްގެންނެވެ. ޖުމްލަ އަށް ބިލިއަން ރުފިޔާ ވަނީ ޗާޕު ކޮށްފަ އެވެ. މި ސަރުކާރުން ވަނީ އެ ގާނޫނުގެ ސަސްޕެންޝަން އުވާލައި، ފައިސާ ޗާޕު ކުރުން ހުއްޓާލާފަ އެވެ. 

ރައީސް ނަޝީދުގެ އަންއޮފިޝަލް އެކްސް ހޭންޑްލްގައި މިއަދު ވިދާޅުވެފައި ވަނީ އޭގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓް ވެއްޓެމުންދާ ކަމަށެވެ. މީގެ ސަބަބުން ތަކެތީގެ އަގުތައް ތިރިވާނެ ކަމަށެވެ. 

"ބްލެކް މާކެޓްގައި ޑޮލަރުގެ ރޭޓް އެބަ ދަށްވޭ. އިންފްލޭޝަން ދަށްވާނެ، ތަކެތީގެ އަގު ދަށްވާނެ، މިއީ ރުފިޔާ ޕްރިންޓް ކުރުން ހުއްޓާލާ މަނީ ސަޕްލައި ދަށްކުރުމުގެ ރަގަޅު ނަތީޖާ. އެމްޑީޕީ ސަރުކާރުގައި މިވާހަކަ ބުނީމަ އެކަން ނުކުރީ،" ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުގެ ނިންމުން ރަނގަޅު ކަމަށް ނަޝީދު ފާހަގަ ކުރައްވާފައިވާއިރު، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ފަދަ ބައިނަލްއަގްވާމީ އިދާރާތަކުން ވެސް ވަނީ ރާއްޖޭގެ ނިންމުން ފާހަގަކޮށް މަރުހަބާ ދަންނަވާފަ އެވެ.

ކޮވިޑުގެ ހާލަތުގައި އާމްދަނީ ދަށްވުމުން ހޯދި އިސްތިސާގެ ބޭނުންކޮށްގެން ފައިސާ ޗާޕު ކުރުމުގެ ނަތީޖާއަކަށްވެގެން ދިޔައީ، ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ގެއްލުންތަކެއްވުމެވެ. އިގްތިސޯދުގައި ދިވެހި ފައިސާ ގިނަވެ ޑޮލަރުގެ އަގު މިހާރު މައްޗަށް އެރުމުގެ އެއް ސަބަބަކީ މާހިރުންގެ ނަޒަރުގައި މި މައްސަލަ އެވެ.

ކޮމެންޓް

1
450
އަހުމަދު އަލީމް
1 month ago

މީނަ އެއުޅެނީ އިންޑިއާ މޯދީއާއެކު ފޯރަމަށް އަރަންވާއިރަށް ސުރުހީއަށް އަރަން. އެ ފޯރަމްގަ ރާއްޖެއަށް ބަވާފަ އިންޑިއާއަށް ތައުރީފު ކުރާނެ . ތިބީ ފައްކާ ބަހުލޫލެއް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.