ރޯދަ މަހު ސްކޫލްތައް ފަށާނީ 8:30 ގައި

ކިޔަވައިދޭ ގަޑީގައި ކުދިންނަށް ނަމާދު ކުރެވޭނެހެން އިންތިޒާމްތައް ހަމަޖައްސަން ވެސް މިނިސްޓްރީން ވަނީ ސްކޫލްތަކަށް އަންގާފަ އެވެ.

ސްކޫލް ދަރިވަރުން އެސެންބްލީއެއް: ރޯދަ މަހު ސްކޫލްތައް ފަށާނީ ހެނދުނު 8:30 ގައި

ރޯދަ މަހު ސްކޫލްތަކުގެ ކިޔެވުން ފަށާނީ ހެނދުނު 8:30 ގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން މިއަދު ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބަޔާންކޮށްފައި ވަނީ، އެއް ދަންފަޅިއަށް ކިޔަވއިދޭ ސްކޫލްތަކުގައި ކޮންމެ ދުވަހަކު ވެސް ކިޔެވުން ފަށާނީ ހެނދުނު 8:30 އާއި 9:00 އާ ދެމެދު ކަމަށެވެ. ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކުގައި ކިޔެވުން ފަށާނީ 8:30 ގައި ކަމަށެވެ.

އެ ސާކިއުލާގައި ބުނެފައި ވަނީ، ކިޔަވައިދޭ ވަގުތު ކަނޑައަޅަން ވާނީ ކޮންމެ ދުވަހަކު ވެސް މެންދުރުފަހު 3:00 ގެ ކުރިން ނިމޭ ގޮތަށް ކަމަށެވެ. އޭގެ ފަހުން ކިޔަވައިދީގެން ނުވާނެ ކަމަށާއި، ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް އިތުރު އެއްވެސް ހަރަކާތެއް ހިންގައިގެން ނުވާނެ ކަމަށެވެ.

އަދި މާއްދާތައް ކިޔަވައިދޭ ދިގުމިން 30 މިނެޓާއި 45 މިނެޓާ ދެމެދު ބެހެއްޓުމަށާއި، ރޯދަ މަހުގެ ދެ ހަފްތާ ތެރޭ ހުރިހާ މާއްދާއެއް ކިޔަވައިދޭ ގޮތަށް ޓައިމްޓޭބަލް ކަނޑައެޅުމަށް ވެސް ބުނެފައިވެ އެވެ.

މިނިސްޓްރީން ވަނީ ސެޝަންތައް ހިންގާނެ ދިގުމިން ވެސް ބަޔާންކޮށްފަ އެވެ. އެގޮތުން؛

  •  އެލްކޭޖީ އަދި ޔޫކޭޖީގައި ކިޔަވާ ދަރިވަރުން - 1 ގަޑިއިރާ 30 މިނެޓް
  •  ގްރޭޑް 1 އިން 6 އަށް ކިޔަވާ ދަރިވަރުން - 2 ގަޑިއިރާ 30 މިނެޓް
  •  ގްރޭޑް 7 އިން 12 އަށް ކިޔަވާ ދަރިވަރުން - 3 ގަޑިއިރު

އިތުރަށް ބުނެފައި ވަނީ، ޓީޗަރުންގެ މަސައްކަތު ގަޑި ހަތަރު ގަޑިއިރަށްވުރެ ދިގުކޮށްގެން ނުވާނެ ކަމަށެވެ. އަދި، ކިޔެވުން ކުރިއަށްދާ ވަގުތުގައި އިދާރީ އޮފީހުގެ މަސައްކަތްތައް މެދުނުކެނޑޭނެ ފަދަ ގޮތަކަށް އިދާރީ މުވައްޒަފުންގެ ގަޑިތައް ރޭވުމަށް ވެސް އަންގާފައިވެ އެވެ.

ކިޔަވައިދޭ ގަޑީގައި ކުދިންނަށް ނަމާދު ކުރެވޭނެހެން އިންތިޒާމްތައް ހަމަޖައްސަން ވެސް މިނިސްޓްރީން ވަނީ ސްކޫލްތަކަށް އަންގާފަ އެވެ.

މިއަހަރުގެ ރޯދަ މަސް ފެށެނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. ރޯދަ މަހުގެ ފަހު 10 ދުވަސް ސަރުކާރު ބަންދުވާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.