ފޭސް ދޭއްގެ ދާއިމީ ފުރަތަމަ މިސްކިތް ހުކުރު ދުވަހު ހުޅުވާނެ

ދެން ހިމެނެނީ 2800 މީހުންގެ ޖާގައިގެ މިސްކިތަކާއި 3000 މީހުންގެ ޖާގައިގެ މިސްކިތަކާއި 1500 މީހުންގެ ޖާގައިގެ މިސްކިތެއްގެ އިތުރުން 1162 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ހުޅުމާލޭގެ ހިޔާ އަވަށް / ފޭސް ދޭއްގައި ބިނާ ކުރި ދާއިމީ މިސްކިތްތަކުގެ ފުރަތަމަ މިސްކިތް

ހުޅުމާލޭގެ ހިޔާ އަވަށް / ފޭސް ދޭއްގައި ބިނާ ކުރާ ދާއިމީ މިސްކިތްތަކުގެ ފުރަތަމަ މިސްކިތް އަންނަ ހުކުރު ދުވަހު ހުޅުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅު ވެއްޖެ އެވެ. 

"ރޯދަ މަހަށް ފޭސް ދޭއްގެ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ހުކުރު ދުވަހު ހުޅުވަނީ 1500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެ މިސްކިތުގެ މަސައްކަތް ނިންމަން މިދިއަ ދުވަސްތަކުގައި މި ސަރުކާރުން އިސްކަން ދިނެވެ.

ހުޅުމާލޭގެ ހިޔާ އަވަށް / ފޭސް ދޭއްގައި ބިނާ ކުރި ދާއިމީ މިސްކިތްތަކުގެ ފުރަތަމަ މިސްކިތް

ހިޔާ އަވަށުގައި އަމިއްލަ ފަރާތްތަކުން އަޅަމުންދާ ފަސް މިސްކިތުގެ ތެެރެއިން 1500 މީހުންގެ ޖާގައިގެ ދާއިމީ މިސްކިތް ހުޅުވާއިރު ބައެއް މިސްކިތްތައް ރޯދައިގެ ފަހަށްވެސް ނިމޭނެ އެވެ. ހުރިހާ މިސްކިތްތަކެއް ދެ އަހަރު ތެރޭ ނިންމާނެ އެވެ.

ދެން ހިމެނެނީ 2800 މީހުންގެ ޖާގައިގެ މިސްކިތަކާއި 3000 މީހުންގެ ޖާގައިގެ މިސްކިތަކާއި 1500 މީހުންގެ ޖާގައިގެ މިސްކިތެއްގެ އިތުރުން 1162 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.