އެންއެޗްގޭމްގެ އޮފިޝަލް މެގަޒިން ނެރުން އައިޓީބީގައި

އެންއެޗްގޭމްގެ މި މަޖައްލާއަކީ ގެސްޓްހައުސް ސިނާއަތުގެ ޓޫރިޒަމް ވިޔަފާރިތައް ދުނިޔޭގައި އިސްތިހާރު ކުރަން ނެރޭ މަޖައްލާ އެކެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް ގެސްޓްހައުސް ވިޔަފާރި ކުރާ ކ. މާފުށި

ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްގޭމް) އިން ގެސްޓްހައުސް އިސްތިހާރު ކުރަން މާދަމާ މެގަޒިނެއް ނެރެން ފަށާނެ އެވެ. 

ޖަރުމަނުގެ ބާލިންގައި ކުރިއަށްދާ އައިޓީބީގައި ހުންނެވި އެންއެޗްގޭމްގެ ވައިސް ޕްރެޒިޑެންޓް އަހުމަދު ވަހީދު ވިދާޅުވީ އެ ޖަމިއްޔާގެ އޮފިޝަލް މަޖައްލާ މާދަމާ ނެރުއްވައި ދެއްވާނީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެވެ. އައިއެމް މޯލްޑިވްސްގެ ނަމުގައި ނެރޭ މި މަޖައްލާގައި ރާއްޖޭ ހުރިހާ މައުލޫމާތެއް ހިމެނިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ރާއްޖޭގެ ސަގާފަތާއި ރާއްޖޭގެ އިޖޮގްރަފީ މި ނޫން ވެސް ހުރިހާ މައުލޫމާތެއް މި މަޖައްލާގައި ހުންނާނެ،" އަހުމަދު ވިދާޅުވި އެވެ. 

އެމްއެމްޕީއާރުސީން އެންޑޯޒްކޮށްފައިވާ މި މަޖައްލާއަކީ ރާއްޖޭން ބައިވެރިވާ ބޭރުގެ ފެެއާތަކުގައި ބަހާނެ މަޖައްލާ އެވެ. މި މަޖައްލާ ނެރޭނީ އަހަރަކު ދެ ފަހަރު އެވެ. 

އެންއެޗްގޭމްއަކީ ރާއްޖޭގެ ރިސޯޓްތައް ނަގާފައި އެންމެ ޓޫރިޒަމްގެ އެންމެ ބޮޑު ހިއްސާކުރާ ގެސްޓްހައުސް ދާއިރާ ތަމްސީލް ކުރާ ޖަމިއްޔާ އެވެ. މިހާރު ރާއްޖޭގެ 114 ރަށެއްގައި 14,035 ޓޫރިސްޓު އެނދު ހުރި ކަމަށް ޓޫރިޒަމް ހިސާބުތަކުން ދައްކަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.