ބީސީސީ ކްރިއޭޓާސް ހަބް، 11 ބުރީގެ އިމާރާތުގެ މަސައްކަތް ފަށައިިފި

މި މަސައްކަތް ހަވާލުކުރީ ފެޑޯ ކުންފުންޏާ އެވެ. މި އިމާރާތް އަންނަ އަހަރު ހުޅުވާނެ އެވެ.

ބީސީސީ އެމްޑީ އަދި އިކޮނޮމިކް މިނިސްޓަރު އިމާރާތުގެ މަސައްކަތް ފައްޓަވައި ދެއްވަނީ

ކްރިއޭޓިވް މަސައްކަތް ކުރާ ފަރާތްތަކަށް ބޭނުންވާ ފުރިހަމަ ވަސީލަތްތަކާއެކު، ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ހަދާ ކްރިއޭޓިވް ހަބް އިމާރާތުގެ ބިންގާ އަޅައިފި އެވެ. 

ޗާންދަނީމަގުގެ ޑީއެޗް 23 ކޮށީގައި އަޅާ 11 ބުރީގެ ކްރިއޭޓާސް ހަބް އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ރޭ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. ރަސްރަނި ބަގީޗާގައި އޮތް މި ރަސްމިއްޔާތުގައި ބީސީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔާއު މުހައްމަދު ވެސް ބައިވެރިވެވަޑައިގަތެވެ. މި އިމާރާތް އަޅަން ހަވާލުކުރީ ޑިޒައިން ބިލްޑް އުސޫލުން ފެޑޯ ކުންފުންޏަށެވެ. 

މި ރަސްމިއްޔާތުގައި ބީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ސާމިހް އާދަމް ވިދާޅުވި ގޮތުގައި އާމްދަނީ ހޯދުމުގެ ނިޔަތުގައި އަމިއްލަ މަސައްކަތް ކުރާ ފަންނުވެރި ފަރާތްތައް ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ކަމަށެވެ. މި ހަބްގެ ސަބަބުން އުފެއްދުންތެރި ގާބިލް ޖީލެއް އުފެދި އިގްތިސާދު ޑައިވާސިފައި ކުރެވި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިއެރުން ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. 

ބީސީސީއިން އިމާރާތް ކުރާ 11 ބުރީގެ އިމާރާތުގެ ކުރެހުމެއް

ކްރިއޭޓާސް ހަބް - މި އިމާރާތް އަޅަނީ ޗާންދަނީމަގުގައި ހުރި 1،500 އަކަފޫޓުގެ ބިމެއްގަ އެވެ. މި ބިނާ ވެގެން ދާނީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ކްރިއޭޓިވް އިންޑަސްޓްރީއެއް އުފައްދަން ކުރައްވާ މަސައްކަތްތަކަށް މުހިންމު ފެށުމަކަށް ކަމަށް ބީސީސީގެ މެނޭޖިން ޑިރެކްޓަރު ޒިޔާ ވިދާޅުވި އެވެ. މަގުސަދަކީ މި އިމާރާތް އަންނަ އަހަރުގެ ކުރީކޮޅު ހުޅުވުން ކަމަށް ވެސް ޒިޔާ ވިދާޅުވެފައިވެ އެވެ. 

މިތަން ފަރުމާ ކޮށްފައި ވަނީ ކުޑަ އަގެއް ނަގައިގެން ކްރިއޭޓިވް މަސައްކަތްތަކަށް ދޫކުރާ ގޮތަށެވެ. މިއީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ކާމިޔާބުކަމެކު މިކަން ކުރިއަށް ގެންދާ ގޮތެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.