ޒުވާނާގެ ހާލު ދެރަ، އޮތީ ވެންޓިލޭޓަރު ގައި

މާލެ އަތޮޅު ހުރާއަށް ނިސްބަތްވާ އެ ޒުވާނާގެ މަންމަ ބުނީ އޭނާގެ ދަރިފުޅުގެ ހާލު ވަރަށް ދެރަ ކަމަށެވެ. މިވަގުތު ފަރުވާ ދެނީ ވެންޓިލޭޓަރު ގައެވެ.

ޒުވާނާއަށް ފަރުވާ ދެނީ ޓްރީޓޮޕް ގައި

ހުޅުމާލޭގައި އެކްސިޑެންޓެއްވެ ހިނގައި އަނިޔާވި ޒުވާނާގެ ހާލު ވަރަށް ދެރަ ކަމަށް އާއިލާ އިން ބުނެފި އެވެ.

ހުޅުމާލެ ގުލްއަލާމާ ހިނގުމުގެ ހުޅަނގުން ރޭ ދަންވަރު ބާރަށް ދުއްވި ސައިކަލެއްގެ ކޮންޓްރޯލް ގެއްްލި އިމިގިރްޝަންގެ ޑިޓެންޝަން ސެންޓަރު ކުރިމަތީ ޕާކް ކޮށްފައިވާ ވޭނެއްގައި ޖެހުނުތަން ޕެޓްރޯލް ފުލުހުންނަށް ފެނިގެން ބެލި އިރު ސައިކަލް ދުއްވަން އިން މީހާ އޮތީ ވެއްޓިފައެވެ. އޭރު ވެސް ބޭރުފުށުން އެކި ޒަހަމްތައް ފެންނަން ހުއްޓެވެ.

ނަވާރަ އަހަރުގެ އެ ޒުވާނާ ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ އިރު އޭނާ ދުއްވި ސައިކަލް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ވެސް ބުންޏެވެ.

މާލެ އަތޮޅު ހުރާއަށް ނިސްބަތްވާ އެ ޒުވާނާގެ މަންމަ ބުނީ އޭނާގެ ދަރިފުޅުގެ ހާލު ވަރަށް ދެރަ ކަމަށެވެ. މިވަގުތު ފަރުވާ ދެނީ ވެންޓިލޭޓަރު ގައެވެ. އާންމުންގެ ހެޔޮ ދުއާއަށް ވެސް ވަނީ އެދިފައެވެ.

މި ހާދިސާގައި އިމިގްރޭޝަންގެ ވޭނަށް ވެސް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށެވެ. ފުލުސް އިދާރާއިން ގެންދަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.