ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި ޒަހަމްވި މީހަކަށް ފަރުވާ ދެނީ

މި ހާދިސާގައި އިމިގްރޭޝަންގެ ވޭނަށް ވެސް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށެވެ. ފުލުސް އިދާރާއިން ގެންދަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ އިދާރާ

ހުޅުމާލޭގައި އެކްސިޑެންޓެއްވެ ހިނގައި މީހަކަށް ވަރަށް ބޮޑަށް އަނިޔާ ވެގެން ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުންގެ ހިދުމަތުން މިއަދު ބުނީ އެ ރަށުގެ ގުލްއަލާމާ ހިނގުމުގެ ހުޅަނގުން ރޭ ދަންވަރު ބާރަށް ދުއްވި ސައިކަލެއްގެ ކޮންޓްރޯލް ގެއްްލި އިމިގިރްޝަންގެ ޑިޓެންޝަން ސެންޓަރު ކުރިމަތީ ޕާކް ކޮށްފައިވާ ވޭނެއްގައި ޖެހުނުތަން ޕެޓްރޯލް ފުލުހުންނަށް ފެނިގެން ބެލި އިރު ސައިކަލް ދުއްވަން އިން މީހާއަށް އަނިޔާ ވެފައިވާ ކަމަށެވެ. 

އަދި ބުނީ 19 އަހަރުގެ އެ ޒުވާނާ ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ އިރު އޭނާ ދުއްވި ސައިކަލް ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާ ކަމަށެވެ. ސައިކަލް ދުއްވަން އިން އެ ފިރިހެން މީހާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފުސީލު ސާފެއް ނުވެއެވެ. 

މި ހާދިސާގައި އިމިގްރޭޝަންގެ ވޭނަށް ވެސް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށެވެ. ފުލުސް އިދާރާއިން ގެންދަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.