ރޯދަ މަހު ފެނާ ކަރަންޓް ބިލް ބޮޑު ނުވާ ގޮތް ހަދައިފިން: ރައީސް

"އާންމު މަހެއްގަ އެހުންނަ ރޭޓުގަ ކެޕްކޮށްފަ، މާނައަކީ ކުރިން ހުންނަ ވަރަށް، އާންމު މަހެއްގަ ހުންނަ ވަރަށް ކަރަންޓު ބިލާ ފެންބިލާ ހުންނާނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު: އާންމު މަސްމަހަށްވުރެ ރޯދަ މަހު ފެނާ ކަރަންޓު ބިލު ބޮޑު ނުކުރާނެ ކަމަށް ވަނީ ވިދާޅުނެފައި --

އެހެން މަސްތަކާ ހިލާފަށް ރޯދަ މަހު ފެނާއި ކަރަންޓު ބިލު ބޮޑުވާ މައްސަލައަށް ހައްލު ގެނެސްދިނުމުގެ ގޮތުން، ރޯދަ މަހު ބިލުތައް ބޮޑުނުވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބ. އޭދަފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް މިރޭ ވިދާޅުވީ ރޯދަ މަހަކީ އާންމުކޮށް ވެސް ކަރަންޓް ބިލާއި ފެން ބިލު ބޮޑުވާ މަހެއް ކަމަށެވެ. ނަމަވެސް މިއަހަރުގެ ރޯދަ މަހުން ފެށިގެން ދެން ރޯދަ މަހު ބިލްތައް ބޮޑު ނުވާނެ ކަމަށެވެ.

"އާންމު މަހެއްގަ އެހުންނަ ރޭޓުގަ ކެޕްކޮށްފަ، މާނައަކީ ކުރިން ހުންނަ ވަރަށް، އާންމު މަހެއްގަ ހުންނަ ވަރަށް ކަރަންޓު ބިލާ ފެންބިލާ ހުންނާނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެގޮތަށް ހަމަޖެއްސެވީ ސްޓެލްކޯ އަދި ފެނަކައާ ވާހަކަ ދައްކައިގެން ކަމަށެވެ. ސްޓެލްކޯ އިން ވަރަށް މަދު ރަށަކަށް ފެނުގެ ހިދުމަތް ދީ، އެރަށްރަށުގެ ގޭބިސީތަކުން 30 ރުފިޔާގެ ޗާޖެއް ވެސް ނަގަ އެވެ. ރައީސް ވިދާޅުވީ އެ ޗާޖު ނެގުން ވެސް އުވާލަން ނިންމާފައިވާ ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ދޭން ނިންމާފައިވާ ހަނޑޫ ބަސްތާއަކާއި ފުށް ބަސްތާއެއް ދިނުމުގެ އިންތިޒާމްތައް ވެސް އެސްޓީއޯ މެދުވެރިކޮށް ކުރަމުންދާ ކަމަށެވެ. ކޮންމެ ގެއަކަށް 10 ކިލޯގެ ދެ ބަސްތާ ހަވާލުކުރުމަށް ކައުންސިލްތަކާ އެ ސާމާނު ހަވާލު ކުރަމުންދާނެ ކަމަށް ވިދާޅުވި އެވެ.

"މިފަދަ ކޮންމެ ލުޔެއް ދިނުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ރައްޔިތުންނަށް ބްރީތިން ސްޕޭސްއެއް، ހަމަޖެހިލައިގެން ނޭވައެއް ލެވޭނެ ގޮތަށް ހަދައިދެވޭތޯ މި މަސައްކަތް ކުރަނީ،" ރައީސް ވިދާޅުވި އެވެ.

ރޯދަމަހުގެ ފުރިހަމަ ބޭނުން ހިފޭ ގޮތަށް މިހާރު ފަހު 10 ބަންދުކޮށްދީފައިވާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. އެކަމަކު ރައްޔިތުންގެ މަޖިލީސް އިންތިހާބު އޮތް ގޮތުން ގިނަ ބަޔަކު އުޅޭނީ ކެމްޕޭނުގައިކަން ވެސް ފާހަގަކުރެއްވި އެވެ. ނަމަވެސް، ދީނީ ކަންކަމާ އެއްގޮތަކަށް ވެސް ދުރު ނުވުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.