ޝަމީމަށް ހަމަލާ ދިން މައްސަލާގައި ހަތް މީހަކު ބަންދުކޮށްފި

ފުލުހުން މިއަދު ބުނީ ކޯޓް އަމުރުގެ ދަށުން އެ މީހުން ހައްޔަރު ކޮށްފައި ވަނީ އެކި ދުވަސް މަތިން ކަމަށެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ދީފައިވެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް: ހަމަލާ ދިން މައްސަލައިގައި މިހާތަނަށް ހަތް މީހަކު ވަނީ ބަންދުކޮށްފައި --

ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ކޯޓް އަމުރުގެ ދަށުން އެ މީހުން ހައްޔަރު ކޮށްފައި ވަނީ އެކި ދުވަސް މަތިން ކަމަށެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ދީފައިވެ އެވެ.

މިދިޔަ ޖެނުވަރީ މަހުގެ 31 ވަނަ ދުވަހު ހެނދުނު ސައިކަލެއްގައި އައި ދެ މީހަކު ވަނީ މަރުތޭލަކުން ޝަމީމަށް ހަމަލާ ދީފަ އެވެ. ހަމަލާ އަމާޒުވީ ޝަމީމްގެ އަތަށެވެ. އެ ހަމަލާއާ ގުޅިގެން ޝަމީމްގެ އަތުގެ ކަށިގަނޑުގައި ވަނީ ރެނދެއް އަޅާފަ އެވެ. 

ޝަމީމަށް ހަމަލާ ދިން ދެ މީހުން ތިބީ މޫނު ނިވާކޮށްގެން އެއީ ކޮން ބައެއްކަން ނޭންގޭ ގޮތަށް ހަދައިގެންނެވެ. މި މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރު ކޮށްފައި ވަނީ ފުރަތަމަ ހައްޔަރު ކުރީ އެ ދެ މީހުން ކަމަށްވެ އެވެ.

އެމީހުން ޝަމީމަށް ހަމަލާ ދީފައި ވަނީ ފާރަލުމަށްފަހު އެވެ. މި މައްސަލައިގެ މާބޮޑު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.