ކެނދިކުޅުދޫ ކައުންސިލްގެ ބަޔާން ބާތިލު ކުރަން އަންގާ އެފަދަ ބަޔާނެއް ދެން ނުނެރެން އަންގައިފި

ކެނދިކުޅުދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް އެމަނިކުފާނުގެ އިސްތަށިފުޅުގައި ހަގީގަތާއި ހިލާފު އިލްޒާމް އަޅުއްވާ ނޫސްބަޔާން ނެރުމަކީ އެލްޖީއޭ އިން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.

ކެނދިކުޅުދޫ ދާއިރާގެ މެންބަރާއި އެ ރަށު ކައުންސިލްގެ މެންބަރުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރަސްމީ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅުތަކާއި ގުޅޭގޮތުން ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލު ކުރަން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.

ކެނދިކުޅުދޫ ކައުންސިލްގެ ރައީސަށް އެޑްރެސްކޮށް އެލްޖީއޭގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ ފޮނުއްވެވި ސިޓީގައި ވިދާޅުވެފައި ވަނީ ލޯކަލް ކައުންސިލްތަކަކީ ސަރުކާރުގެ ފަށަލައަކަށްވެފައި ކައުންސިލްތަކަށް ލިބިދީފައިވަނީ އާންމު ހިދުމަތްތައް ދިނުމާއި އެ ހިދުމަތްތައް ހިންގުމަށް ބޭނުންވާ ބާރުތައް ކަމަށްވާތީ އަދި ކައުންސިލްތަކުން ހިންގާ ހަރަކާތްތަކާއި ހިދުމަތްތައް ދޭން ވާނީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ކަމަށެވެ.

އެހެން ކަމުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި އަދި ނިންމަވާ ނިންމެވުންޔަކާއި ދެކޮޅަށް ކައުންސިލްތަކުން ނޫސްބަޔާން ނެރުމަކީ ކައުންސިލްތަކަށް ލިބިފައިވާ ގާނޫނީ ބާރެއް ނޫން ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާތަކާއި މަސްއޫލިއްުޔަތުތައް އަދާކުރުމަށް ހުރަސް އެޅޭ ގޮތަށް އެއްވެސް ފަރާތަކުން އަމަލުތައް ބެހެއްޓުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާ ރައްޔިތުންގެ އަގުލަބިއްޔަތުން އިންތިހާބު ކޮށް ދައުލަތް ހިންގުމުގެ ޒިންމާ މަތިކޮށްފައިވާ އެ ޒިންމާ އަދާ ކުރުމަށް ހުރަސް އެޅޭ ގޮތަށް ސަރުކާރުގެ އެއްވެސް އިދާރާ އަކުން / ކައުންސިލަކުން ކަންކަން ކުރުމަކީ އެލްޖީއޭ އިން ކުށްވެރި ކުރާ ކަމެއް ކަމަށެވެ.

ކެނދިކުޅުދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް އެމަނިކުފާނުގެ އިސްތަށިފުޅުގައި ހަގީގަތާއި ހިލާފު އިލްޒާމް އަޅުއްވާ ނޫސްބަޔާން ނެރުމަކީ އެލްޖީއޭ އިން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމެއް ކަމަށް ވެސް ސިޓީގައި ވިދާޅުވެފައިވެ އެވެ.

"ނޫސްބަޔާނުގައި ސޮއި ނެތުމާއި އަދި ކައުންސިލުން ނޫސްބަޔާނަށް ޒިންމާވާނެ ފަރާތެއްގެ ނަން ނެތުމަކީ ނޫސްބަޔާނުގެ ސައްހަ ކަމާމެދު ސުވާލު އުފެދޭނެ ކަމެއް ކަމުގައި ދަންނަވަމެވެ،"

އެހެން ކަމުން ގާނޫނުގެ ހަމަތަކާއި ކައުންސިލްގެ ބާރާއި މަސްއޫލިއްޔަތުން ބޭރުން ކެނދިކުޅުދޫ ކައުންސިލުން ނެރެފައިވާ ނޫސްބަޔާން ބާތިލުކޮށް މާދަމާ މެންދުރު 2:00 ގެ ކުރީން އެކަން އެންގުމަށާއި އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް އެލްޖީއޭ އިން ވަނީ އެ ކައުންސިލަށް އަންގާފައެވެ.

މާޗް ދެވަނަ ދުވަހުގެ ތާރީހު ގައި ކެނދިކުޅުދޫ ކައުންްސިލްގެ އިދާާރާގެ ލެޓަހެޑް ގައި "ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ހިފައި ރަސްމީ ދަތުރުފުޅުގެ ނަމުގައި ކެމްޕެއިން ހަރަކާތްތައް ހިންގުން ކުށްވެރިކޮށް ނެރޭ ނޫސްބަޔާން" ކަމަށް ބުނެ ބަޔާނެއް ވަނީ އާންމުކޮށްފައެވެ. އެ ބަޔާނުގައި އެއްވެސް ކައުންސިލަރަކު ސޮއިކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

2
450
ދެބޯގެރި
1 month ago

ގަތުހުރި ބައެއްނޫން ގަޓު ހުރިނަމަ ސޮއިވެސްކުރާނެ ކެނދިކުޅުދޫ ކައުންސިލަކީ ކުޑަ ސަރުކާރެއްތަ؟ ނޫނީ މައި ސަރުކާރުގެ ޅަކުރިއެއްތަ؟ ދެރަ ކަމަކީ ތަންދޮރު ނުދަންނަ ބަޔަކު ކައުންސިލްތަކަށް ހޮވައި ގަހަށްއަރާ އިނދެ އިށީނދެ އިންނަ ގޮފިގަނޑުކަނޑާލާފެންވަރުގެ މީހުން ކައުންސިލްތަކަށް ލާފަ ބޮޑު ޓައީ އަޅުވާފަ ބޮޑު ގޮނޑީގަ ބައިތއްބާތީ މީ ރައްޔިތުން ވިސްނަންޖެހޭކަމެއް

ސަބްރީ
1 month ago

މާ ބޮޑަށް ފެންވަރު އޮޅިފަ މިއޮތީ. އިސްތިއުފާދީ ކެނދިކުޅުދޫ ކައުންސިލް އެކުގައި

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.