މި ބޯޓުގެ ޑިޒައިނުގައި ނެތީ އޭބީޑީސީގެ ހުރިހާ އަކުރެއް އެކަނި

އެއާ އެމްބިއުލާންސުގެ ބޭރުގެ ޑިޒައިން އެހުރީ ދިވެއްސަކު ކަން ކުރާ ގޮތުން ބޭރުގަ އެވެ. މި އަށްވުރެ ސިމްޕަލްކޮށް އިންސާނުން ކަން ކުރާ ގޮތަށް ބޯޓު ޑިޒައިން ކޮށްގެން ވެސް މި ހިދުމަތް ފެށޭނެ އެވެ.

ރާއްޖޭގައި އެއާ އެމްބިއުލާންސުގެ ހިދުމަތް ފެށުމަކީ ކުރިޔަށް އެޅި ވަރަށް މުހިންމު ކަމެކެވެ. ހާއްސަކޮށް ގައުމީ ބޯޓެއްގައި މި ދަތުރުތައް ކުރުމަކީ ދިވެހިން ބޭނުންވާ ހިތް އެދޭ ގޮތެވެ. މި ހިދުމަތަކީ ގައުމީ އެއާލައިނަށް ވިޔަފާރީގެ އާ ދޮރެއް ވެސް ހުޅުވޭނެ ހިދުމަތަކަށް ވާނެ އެވެ. މި ހިދުމަތުގައި ބޭނުންކުރާ ބޯޓަކީ ވެސް މިފަދަ ކަމަކަށް އެންމެ އެކަށީގެންވާ އުޅަނދެކެވެ. 

އެކަމަކު މި ހުރިހާ "ހެޔޮ" ކަމެއްގެ ވާހަކަ ދައްކާއިރު މި ހިދުމަތް ފެށި ބޯޓުގެ ބޭރު ފަރުމާ ކޮށް ދަވާދު އުނގުޅާފައިވާ ގޮތަކީ މިހާތަނަށް ދިވެހިން ކޮށްފައިވާ އެންމެ ހަޑި އެންމެ ބޮލަށާއި ލޮލަށް އުނދަގޫ މަސައްކަތުގެ ގޮތުގައި ވެއްޖެ އެވެ. ހާއްސަކޮށް މި ފަދަ ގައުމީ ކަމެއް ފަށާއިރު ކަންކުރަން އެއްގޮތަކަށް ވެސް ލާހިކު ޑިޒައިނެއްގެ ގޮތުގައި މި މަސައްކަތް ނުފެނެ އެވެ. 

ދުނިޔޭގައި އެއާ އެމްބިއުލާންސްތަކުގައި ކުރަހައި ކުލަ ޖައްސައި ބޭނުން ކޮށްފައި ހުންނަ ފަދަ ރީތި ސާދާ އެއްވެސް ގޮތެއް މޯލްޑިވިއަނުން ނެރުނު އެއާއެމްބިއުލާންސްގެ ބޯޓު ފަރުމާ ކުރުމުގައި ބޭނުން ކޮށްފައެއް ނެތެވެ. ގިނަ ފަރުމާ ކުރުންތެރިންގެ ނަޒަރުގައި މި މަސައްކަތަކީ އަވަސް އަރުވާލައިގެން 100 ދުވަހަށް ނިންމަން ހާވާފައިވާ ބޮޑު ހަޑި އެކެވެ. 

"އެއްގޮތަކަ ވެސް ނޭނގެ މިހާ ގޮތް ބޮޑުކޮށް ބޯޓުގެ ކުރެހުންގަނޑު ބެހެއްޓި ސަބަބެއް. މި އަށްވުރެ މާ ރީތި ކުރެހުންތައް ލިބުނީސް ޕަބްލިކަށް ޑިޒައިނެއް ހޯދަން ހުޅުވާލިނަމަ،" ރާއްޖޭގައި މި ފަދަ އުޅަނދުތަކުގައި ކުރެހުމުގައި ހަރަކާތްތެރިވާ ޑިޒައިނަރަކު ނަން ނުޖެހުމަށް އެދި ބުންޏެވެ. 

ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ތައްޔާރު ކުރި ބޯޓް

ގައުމީ އެއާ އެމްބިއުލާންސުގެ ވިއުގަ އުފެދުމަށް ފުރަތަމަ ބޭނުން ކުރަން ފެށި މި ބޯޓް ފަރުމާ ކުރުމުގައި ބޭނުން ކޮށްފައި ހުރީ ގައުމީ ކުލަ ތައް، ރީތި ފެއްސާއި ރަތާއި ހުދެވެ. މި ކުލަތައް ބޭނުން ކުރުމަކީ އެދޭ ގޮތެވެ. އެކަން ކުރާން ވެސް ޖެހޭ ގޮތަކީ އެއީ އެވެ. އެކަމަކު މައްސަލައަކީ މި ކުލަތައް ބޭނުން ކޮށްފަ ހުރި ގޮތާއި ބޯޓުގެ ކުރެހުން ބައި އަޅައި ވައްތަރު ޖައްސާފައިވާ ހުތުރު ސިފައެވެ. 

ރާއްޖެ ފަދަ ރީތިކޮށް ތާހިރުކޮށް، ނަލަކޮށް ކަންކަން ކުރާ ކްރިއޭޓިވް އެތައް ޒުވާނުންނެއް ތިބި ގައުމެއްގައި މިގޮތަށް ކަންކަން ކުރުމަކީ ދެރަވަރުގެ ކަމެކެވެ. ވަރަށް ދެރަވާން ޖެހޭވެސް ކަމެކެވެ. މި ބޯޓު ފަރުމާ ކޮށްފައި އޮތް ގޮތުން އޭގެ ބޭރުގައި ނެތް އެއްޗެއް ނެތެވެ. ނެތް ލިޔުމެއް ނެތެވެ. މަދުވަނީ "އޭބީސީޑީ" ގެ ހުރިހާ އަކުރުކައި 'ހާށަވަނިޔަނި" އަކުރުތައް އެކަންޏެވެ. 

ފުރަތަމަ ކަމަކީ މޯލްޑިވިއަންގެ މި ހިދުމަތަށް ދީފައި އޮތް ނަމެވެ. މި ހިދުމަތަށް ކިޔަނީ "މޯލްޑިވްސް އިމަޖެންސީ" އެވެ. އޭގެ ފަހުން ކުޑަކޮށް އިމަޖެންސީ މެޑިކަލް ސާވިސަސް ވެސް ލިޔެފައިވެ އެވެ. މި ބޯޓުގެ ފަހަތު ކޮޅުން މައްޗަށް އަރާފައި އޮތް ބޮޑު ބޮޑު ދިވެހިރުއް ވެސް އެ އޮތީ ބިންދައިގެންދާ ވަރަށް މައްޗަށް އަރުވާލާފަ އެވެ. އެ ރުއް ދިޔަ ދިޔާނުން ގޮސް ބޯޓުން ބޭރަށް ނުގޮސް އޮތީ ކިރިޔާ އެވެ. 

އަދި އޭގެ ވަށައިގެން އޮތް ސިއްހީ ހިދުމަތުގައި ހާއްސަކޮށް އިމަޖެންސީ ހިދުމަތުގައި ބޭނުންކުރާ "ހަރުފަ" ވެސް އެ އޮތީ އޮޑިން ބޭރުވާން ކައިރިވެފަ އެވެ. އަނެއްކާ މި އުޅަނދުގެ ބޭރުގައި މޯލްޑިވްސް އިމަޖެންސީ އިނގިރޭސިން ޖެހުން އެއީ ކޮންމެހެން ލާޒިމް ކަމެއް ވެސް ނޫނެވެ. އެއާ އެމްބިއުލާންސުގެ ހިދުމަތެއް ފަށަން ބޯޓަށް ހަމަ މިވަރު ކޮށްލަން ޖެހޭނެ ހެއްޔެވެ؟

މި އަށްވުރެ ސިމްޕަލްކޮށް، އެހެންވެސް ތަހުޒީބު އިންސާނުން މި ބާވަތުގެ ކަންކަން ކުރާ ގޮތަށް ބޯޓު ޑިޒައިން ކޮށްލައިގެން ވެސް މި ހިދުމަތް ފިއަސް އެއްޗިއްސެއް ނުކިޔާނެ އެވެ. މިހާރު މީގެ ޑިޒައިން އޮތް ގޮތުން އިމަޖެސީ ފަރުވާދޭ މީހުން އުފުލާ އުޅަނދަކަށް ވުރެ ބޮޑަށް ވައްތަރުވާން އުޅެނީ ބަންގާޅު ކަހަލަ މިތާ ކައިރި ގައުމެއްގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ބޯޓުގަނޑަކާ އެވެ. މި ޑިޒައިން އޮތް ގޮތުން ބޯޓަށް އަރުވަން ގެންދާ ބަލި މީހާ އެ ބޯޓުން ފެންނަ ހިސާބުން އިތުރަށް ބަލި ވެސް ވެދާނެ އެވެ. މި އަށްވުރެ ތާހިރުކޮށް ކަންކަން ކުރަން ދަސްކުރަން ހެލްތު މިނިސްޓަރު ޑރ. އަބްދުالله ހަލީލްމެން މޯލްޑިވިއަނުގެ ވެރީން ދަސްކުރާން ޖެހެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.