ޝަރީއަތުގައި ދައްކާ ވާހަކަތައް އޮޓޯއިން ލިޔެވޭ ސޮފްޓްވެއާ ތައާރަފްކޮށްފި

މީގެ ސަބަބުން މައްސަލަތައް ނިންމުން އަވަސްވެ، ކޯޓުތަކުގެ މަސައްކަތް ކުރާ އިދާރީ މުވައްޒަފުންގެ މަސައްކަތަށް ވެސް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން މިއަދު "ކޭލި" ސޮފްޓްވެއާ ލޯންޗުކޮށްދެއްވަނީ --

ކޯޓުތަކުގައި ހިނގާ ޝަރީއަތްތަކުގައި ދިވެހި ބަހުން ދައްކާ ވާހަކަތައް އޮޓޯ އިން ލިޔެވޭ، ސްޕީޗް ޓް ޓެކްސްޓް ސޮފްޓްވެއާ، "ކޭލި" މިއަދު އިފްތިތާހު ކޮށްފި އެވެ.

ކޯޓުތަކުގައި މިހާރު އަމަލު ކުރަމުންދާ ގޮތަކީ، ޝަރީއަތްތައް ރެކޯޑު ކުރުމަށް ފަހު އަޑުއަހައިގެން މުވައްޒަފުން އަމިއްލައަށް އަޑުއެހުންތަކުގައި ދައްކާ ވާހަކަތައް މަހްޒަރު ކުރުމެވެ. މިކަމަށް ވަރަށް ގިނަ ވަގުތު ނަގަ އެވެ. އަޑުއެހުންތައް ދިގުލައިގެން ދިއުމުގެ އެއް ސަބަބަކީ ވެސް މިއީ އެވެ.

މިއަދު ތައާރަފް ކުރި ސޮފްޓްވެއާ އަކީ ކޯޓުތަކުގެ މަސައްކަތަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ ސޮފްޓްވެއާއެކެވެ. މީގެ ސަބަބުން މައްސަލަތައް ނިންމުން އަވަސްވެ، ކޯޓުތަކުގެ މަސައްކަތް ކުރާ އިދާރީ މުވައްޒަފުންގެ މަސައްކަތަށް ވެސް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.

މި ސޮފްޓްވެއާގެ މަސައްކަތް ފަށާފައި ވަނީ 2021 ވަނަ އަހަރު އެވެ. ތިން އަހަރުގެ މަސައްކަތުން މިއަދު ތައާރަފްކުރި މި ސޮފްޓްވެއާ ލޯންޗު ކޮށްދެއްވީ، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.