އެއާ އެމްބިއުލާންސް އޮޕަރޭޓް ކުރާ މޯލްޑިވިއަން އިން ބުނި ގޮތުގައި އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރުމަށް ތައްޔާރުކުރެވުނު މަތިންދާ ބޯޓަކީ ސަލާމަތީ ގޮތުން ރައްކާތެރި ބޯޓެކެވެ.
އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރުމަށް ތައްޔާރުކުރެވުނު މަތިންދާ ބޯޓަކީ ސަލާމަތީ ގޮތުން ރައްކާތެރި ބޯޓެއް ކަމުގެ ޔަގީންކަން ގައުމީ އެއާލައިން -- މޯލްޑިވިއަން އިން ބުނެފި އެވެ.
ރާއްޖޭ ގައި ފުރަތަމަ ފަހަރަށް އެއާ އެމްބިއުލާންސްގެ ހިދުމަތް މިއަދު ވަނީ ފަށާފަ އެވެ.
އެއާ އެމްބިއުލާންސް އޮޕަރޭޓް ކުރާ މޯލްޑިވިއަން އިން ބުނި ގޮތުގައި އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރުމަށް ތައްޔާރުކުރެވުނު މަތިންދާ ބޯޓަކީ ސަލާމަތީ ގޮތުން ރައްކާތެރި ބޯޓެއް ކަމަށެވެ. އަދި އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރުމަށް ބަދަލުތައް ގެނައުމުގެ ކުރިން މިބޯޓަކީ ކުންފުނީގެ ޝެޑިއުލް ފްލައިޓްތައް އޮޕަރޭޓްކުރުމަށް ބޭނުންކުރަމުން ދިޔަ ބޯޓެއް ކަމަަށް ވެސް ބުންޏެވެ.
އެއާ އެމްބިއުލާންސްގެ ގޮތުގައި ބޯޓް ތައްޔާރު ކުރެވިފައި ވަނީ އެމަޖެންސީ ފަރުވާ އޭގައި ދެވޭ ގޮތަށް މެޑިކަލް އިކުއިޕްމަންޓްތައް ހަރުކޮށް ގެން ކަމަށް ވެސް ބުންޏެވެ.
"މި ކުންފުނިން މަތިންދާ ބޯޓް ދުއްވުމުގައި އަބަދުވެސް އެންމެ އިސްކަން ދޭނީ ކުރޫއިންނާއި ދަތުރުވެރިންގެ ސަލާމާތާއި ރައްކާތެރި ކަމަށް ކަން ޔަގީންކޮށް އަރުވަމެވެ،" މޯލްޑިވިއަން އިން ބުންޏެވެ.
އެއާ އެންބިއުލާންސްގެ ހިދުމަތް ތައާރަފު ކުރުމާއި ފުޅާ ކުރުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. ރައީސް ތަސައްވުރަކީ ރާއްޖެއާއި ރާއްޖެއިން ބޭރަށް އެއާ އެންބިއުލާންސްގައި ބަލިމީހުން ފަސޭހައިން އުފުލޭނެ އިންތިޒާމެއް އަވައްޓެރި ގައުމުތަކުގެ އިތުރުން ދުބާއީ އާއި ތައިލެންޑް ފަދަ ގައުމުތަކުން ދިވެހީންނަށް ބޭސްފަރުވާގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމެވެ. އެ ގައުމުތަކަށް ރާއްޖެއިން އެއާ އެންބިއުލާންސުގައި ބަލިމީހުން އުފުލުމުގެ އަވަސް އިންތިޒާމް ހަމަޖެއްސުމެވެ.
ރައީސް ވިދާޅުވި ގޮތުގައި ހިދުމަތް ފުޅާކުރުމުން ފުލް ޓައިމު ގައި އޮޕަރޭޓް ކުރާނެ ދެ ބޯޓެއް އޮންނާނެ އެވެ. މޯލްޑިވިއަން އިން ދޭ އެ ހިދުމަތާ އެކު ރާއްޖޭގެ ކޮންމެ އެއާޕޯޓަކުން ވެސް ބަލި މީހުން ފަސޭހައިން ވަގުތުން އުފުލޭނެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ.
ޑޭޝް އަށެއްގެ މަތިންދާބޯޓެއްގެ އިތުރުން ދެން ހިދުމަތުގައި އޮންނާނީ ސީޕްލޭނެކެވެ. ސީޕްލޭން ބޭނުން ކުރާނީ ދުވާލު ވަގުތު އެވެ. ރައީސް ވިދާޅުވީ ސީޕްލޭންގެ އޮތް ފަސޭހަ އަކީ ކޮންމެ ރަށަކަށް ވެސް ފަސޭހައިން ކައިރި ކުރެވުން ކަމަށެވެ.