ކޯޓުގެ ނިންމުމާއެކު ކެންޑިޑޭޓަށް ފުރުސަތު ދީފި

ކޮމިޝަނުން މިރޭ ވަނީ އަފްނާނަށް ފުރުސަތު ދީ ކެޔޮދޫ ދާއިރާގެ ކެންޑިޑޭޓުން އަލުން ތަރުތީބު ކޮށް ގެޒެޓް ކޮށްފަައެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް

ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާއަށް ވާދަކުރަން ހުށަހަޅާފައިވާ އައިޝަތު އަފްނާންގެ ކެންޑިޑެސީ ބަލައިގަންނަން މިއަދު ސުޕްރީމް ކޯޓުން ހުކުމް ކުރުމުން އޭނާއަށް ފުރުސަތު ދީ އެ ދާއިރާގެ ކެންޑިޑޭޓުން އަލުން ތަރުތީބު ކޮށްފި އެވެ.

އަފްނާނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއެކު މަޖިލީހަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓެކެވެ. އަދި، އެމަނިކުފާނު އަލަށް އުފައްދަވާ ޕީޕަލްސް ނޭޝަނަލް ޕްރޮންޓް (ޕީއެންއެފް)ގެ ޓީމާއެކު މަސައްކަތް ކުރާ ފަރާތެކެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން އަފްނާންގެ ކެނޑިޑެސީ ބަލައިނުގަންނަން ނިންމީ، އޭނާގެ ކެނޑިޑެސީ ފޯމާއެކު ހުށަހަޅަންޖެހޭ ބައެއް ލިޔުންތައް މަދުވާތީ އެވެ. އެގޮތުން، ރަސްމީ އެޖެންޓުގެ ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑު ހިމަނާފައި ނުވާ ކަމަށް އީސީ އިން ބުނެ އެވެ.

މި މައްސަލަ ކޯޓަށް ވައްދައި، އަފްނާން ބުނެފައި ވަނީ އޭނާގެ ރަސްމީ އެޖެންޓު ފެމެލީ ކޯޓަށް ފައިސާ ދައްކަން ޖެހިފައި އޮތްކަން އެނގިގެން އެފައިސާ، އިންތިހާބުގައި ވާދަކުރުމުގެ ކުރިން ހުށަހަޅާފައިވާ ކަމަށެވެ. ކޯޓުން ދޫކޮށްފައިވާ ރަސީދު ވެސް އީސީއަށް ހުށަހަޅާފައިވާ ކަމަށެވެ.

ހުކުމުގައި ބުނެފައި ވަނީ، އަފްނާންގެ ރަސްމީ އެޖެންޓުގެ ދަރަންޏެއް ނެތް ކަމަށް ބުނާ ފެމިލީ ކޯޓުގެ ތަތްގަނޑާއެކު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އެޓޭޗްމަންޓެއް ހިމަނާފައިވާ ކަމަށާއި، އެއީ އިންތިހާބީ އެޖެންޓް ހުކުމާ އެއްގޮތަށް ދައްކަން ޖެހޭ ދަރަންޏެއް އަދާކުރަމުންދާ ލިޔުމެއްކަން ނުވަތަ ނޫންކަން އީސީން ކަށަވަރު ކުރަންވާނެ ކަމަށެވެ. އެކަން ކަށަވަރު ކުރިނަމަ އަފްނާނަށް ފޯމާއެކު ލިޔެކިޔުންތައް ހަމަކުރާނެ އިތުރު ފުރުސަތެއް ދެވުނީސް ކަމަށެވެ.

އެހެންވެ، ހުކުމް ކޮށްފައި ވަނީ އީސީގެ ނިންމުން ގޯސް ކަމަށާއި، އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަފްނާނަށް ދޭން ވާނެ ކަމަށެވެ.

ކޮމިޝަނުން މިރޭ ވަނީ އަފްނާނަށް ފުރުސަތު ދީ ކެޔޮދޫ ދާއިރާގެ ކެންޑިޑޭޓުން އަލުން ތަރުތީބު ކޮށް ގެޒެޓް ކޮށްފަައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.