ރާއްޖެ ފޮނުވީ ތަޖުރިބާކާރު ޓެކްނިކަލް މީހުން ހިމެނޭ މަދަނީ ގުރޫޕެއް: އިންޑިއާ

އިންޑިއާގެ ހުރިހާ ނޫސްތަކެއް ގައި ހެން މިހާރު ބުނަނީ ރާއްޖޭގައި ތިބީ އެ ގައުމުގެ 80 ސިފައިން ކަމަށެވެ. ދިވެހި ސަރުކާރުން ހާމަކުރި ގޮތުގައި ރާއްޖޭގައި ތިބީ އިންޑިއާ ސިފައިންގެ 88 މީހެކެވެ.

އިންޑިއާ ސިފައިން އޮޕަރޭޓް ކުރާ ހެލްކޮޕްޓަރު

އައްޑޫ ގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި ހެލްކޮޕްޓަރު އޮޕަރޭޓް ކުރުމަށް ފޮނުވީ ތަޖުރިބާކާރު ޓެކްނިކަލް މީހުން ހިމެނޭ މަދަނީ ގުރޫޕެއް ކަމަށް އިންޑިއާ ސަރުކާރުން މިއަދު ބުނެފި އެވެ.

އިންޑިއާ ސަރުކާރުން މީގެ ކުރީން ވެސް ވަނީ ހެލްކޮޕްޓަރާއި ޑޯނިއާ ދުއްވަން ދެން ފޮނުވާނީ ތަޖުރިބާކާރު ޓެކްނިކަލް މީހުން ކަމަށް ބުނެފައެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލްގެ ހަފްތާ ނިއުސް ބްރީފިން ގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ހެލްކޮޕްޓަރާއި ޑޯނިއާ ދުއްވަން ފޮނުވާ ފުރަތަމަ ގުރޫޕް މިހާރު ރާއްޖެ ގޮސްފައިވާ ކަމަށެވެ.

އެ މީހުން ފޮނުވީ ހެލްކޮޕްޓަރާއި ޑޯނިއާ ދުއްވަން ތިބޭ އިންޑިއާ ސިފައިންގެ ބަދަލުގައި ކަމަށް ވެސް ވިދާޅުވި އެވެ. މި ފަހަރު ރާއްޖެ ފޮނުވީ މަދަނީންގެ ޓީމެއް ކަމަށާ އެއީ ޓެކްނިކަލް މީހުން ކަމަށް ވެސް ރަންދީރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއީ އެކަމަށް ގާބިލް ތަޖުރިބާކާރު ބައެއް ކަމަށެވެ.

އެ މީހުންގެ އަދަދެއް އޭނާ ވިދާޅެއް ނުވެ އެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި ހެލްކޮޕްޓަރާއި ޑޯނިއާ ދުއްވަން މިވަގުތު ތިބި އިންޑިއާ ސިފައިންގެ ކޮންމެ މީހަކަށް މީހެއް އަންނާނެ އެވެ.

އިންޑިއާގެ ހުރިހާ ނޫސްތަކެއް ގައި ހެން މިހާރު ބުނަނީ ރާއްޖޭގައި ތިބީ އެ ގައުމުގެ 80 ސިފައިން ކަމަށެވެ. ދިވެހި ސަރުކާރުން ހާމަކުރި ގޮތުގައި ރާއްޖޭގައި ތިބީ އިންޑިއާ ސިފައިންގެ 88 މީހެކެވެ. 

މި މަހުގެ 26 ވަނަ ދުވަހުގެ ރޭ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއް ގައި ބުނެފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެ ގައުމަށް ފޮނުވާލުމަށް ދެ ގައުމުން ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އޭވިއޭޝަން ތިން ޕްލެޓްފޯމްގެ ތެރެއިން އެއް ޕްލެޓްފޯމް ގައި ތިބި އިންޑިއާ ސިފައިން މާޗް 10 ވަނަ ދުވަހު ގެންދިއުމަށް އެއްބަސްވެފައިވާ ކަމަށެވެ. އެހެން ކަމުން އައްޑޫ ސިޓީ ގަމުގައި ސްޓޭޝަން ކުރެވިފައިވާ ހެލްކޮޕްޓަރު ދުއްވުމަށް ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި ހެލްކޮޕްޓަރު އޮޕަރޭޓް ކުރުމަށް އަންނަ ސިވިލިއަން ކުރޫ އެ ދުވަހު ހަވީރު ރާއްޖެ އައިސްފައިވާ ކަމަށެވެ.

ޑިފެންސްގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އައްޑޫގެ އިތުރުން ލ. ކައްދޫ އާއި ހދ. ހަނިމާދޫގައި ސްޓޭޝަން ކޮށްފައިވާ ދެ ޕްލެޓްފޯމް ގައި ތިބި އިންޑިއާގެ ސިފައިން 10 މެއިގެ ކުރީން ފޮނުވާލުމުގެ ކަންކަން އޮމާންކަމާ އެކު ފުރިހަމަކޮށް ނިންމުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ރިޔާސީ އިންތިހާބު ގައި ރައީސް މުއިއްޒު އެންމެ ގިނައިން ތަކުރާރު ކުރައްވާ -- އެންމެ ހަރުއަޑުން ވެވަޑައިގެންނެވި ވައުދުފުޅެވެ. އެ ވައުދުފުޅާއި އެއްގޮތަށް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަަމަ ދުވަހު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންގޮސް ދިނުމަށް އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިވަޑައިގެންފައެވެ. އަދި ރައީސް މުއިއްޒާއި ބޮޑުވަޒީރު މޯދީގެ ބައްދަލްވުމަށް ފަހު ދެ ގައުމުގެ އިސްވެރީންގެ މެދުގައި މަޝްވަރާތައް ފެށުމާ އެކު ސިފައިން ގެންގޮސް ނިންމަން ތާރީހެއް ވެސް ކަނޑައެޅި އެވެ.

ދިވެހި ސަރުކާރުން އެދިފައިވަނީ މާޗް މަހުގެ 17 ވަނަ ދުވަހުގެ ކުރީން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންގޮސް ނިންމުމަށެވެ. ސަރުކާރުން ހޯދާފައިވާ މައުލޫމާތުތަކަށް ބިނާ ކޮށް ރައީސް އޮފީހުން ބުނީ އިންޑިއާ ސިފައިންގެ 88 މީހަކު ރާއްޖޭގައި އެެބަ ތިބި ކަމަށެވެ. އެއީ އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ހެލްކޮޕްޓަރާއި ޑޯނިއާގެ އޮޕަރޭޝަނަށް ރާއްޖޭގައި ގާއިމުވެ ތިބި 50 ސިފައިންނާއި އެ ނޫން އެކި ކަންކަމުގައި ރާއްޖޭގައި ތިބި ސިފައިންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.