ކުއްޖަކަަށް އިހުމާލުވުމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ އަންހެނަކު ހޯދަނީ

ފުލުހުން ހޯދަން އިއުލާނު ކުރީ ކ. މާލެ ތަރިވިލާގެ ފާތިމަތު އަހްމަދެވެ. އެއީ އުމުރުން 37 އަހަރުގެ އަންހެނެކެވެ.

ފުލުހުން ހޯދަން އިއުލާނު ކުރި އަންހެން މީހާ

ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެ ހުރެ އެ ކުއްޖާގެ ސިއްހަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ގަސްތުގައި ހިންގުމުގެ ކުށުގެ މައްސަލަ އޮތް އަންހެނަކު ހޯދަން އޭނާގެ ފޮޓޯއާ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.

ފުލުހުން ހޯދަން އިއުލާނު ކުރީ ކ. މާލެ ތަރިވިލާގެ ފާތިމަތު އަހްމަދެވެ. އެއީ އުމުރުން 37 އަހަރުގެ އަންހެނެކެވެ.

އޭނާގެ ފޮޓޯއާ ވަނަވަރު އާންމުކޮށް ފުލުހުން ބުނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ އަންހެން މީހާ ހޯދަމުންދާ ކަމަށެވެ.

އޭނާ ހޯދަމުން ދަނީ ދައުލަތުން ދައުވާ ކުރާ، ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެ ހުރެ އެ ކުއްޖާގެ ސިއްހަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ގަސްތުގައި ހިންގުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެގެންނެވެ. ކޯޓުން އަމުރުކޮށްފައި ވަނީ އެ މީހާ ބަންދުގައި ބަހައްޓައިގެން މާރިޗު ހަތަރުވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.