500 ފުރުސަތާއެކު ސުޓޫޑެންޓް ލޯނު ސްކީމް ހުޅުވާލައިފި

މިއަހަރުގެ ލޯނު ސްކީމް އިއުލާން ކޮށްފައި ވަނީ އެޑްމިނިސްޓްރޭޓިވް ޗާޖްގެ ގޮތުގައި 1 ޕަސެންޓް ހިމެނައިގެނެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު މަރިޔަމް މާރިޔާ

ރާއްޖެއާ ރާއްޖޭން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތަކުގެ ލޯނު ސްކީމަށް ހުޅުވާލައިފި އެވެ.

މިފަހަރު ހުޅުވާލި ލޯން ސްކީމްގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށާއި މިހާރު ކިޔަވަމުންދާ ދަރިވަރުން ހިމެނޭހެން 500 ފުރުސަތު ހުޅުވާލާފައި ވެއެވެ.

މި ލޯން ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާ ލެވަލަށް ކިޔެވުމަށް ފުރުސަތު ހުޅުވާލާފައި ވެއެވެ. ނުކުޅެދުންތެރިކަން ހުންނަށް ފަރާތްތަކަށް ހާއްސަކޮށް ރާއްޖެ އާއި ރާއްޖޭން ބޭރުން ކިޔެވުމަށް ފުރުސަތު ހުޅުވާލާ އެ ފަރާތްތަކުގެ ހުންނަ ނުކުޅެދުންތެރިކަމަށް ރިއާޔަތްކޮށް ޕްރޮގްރާމް ފުރިހަމަ ކުރުމަށް އިތުރު އެހީތެރިކަމެއް ބޭނުންވާ ހާލަތުގައި އެކަމަށް މިނިސްޓްރީ ކަނޑައަޅާ ހަރަދެއް ދިނުމަށްވެސް ހަމަޖައްސާފައި ވެއެވެ. 

ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް އެ ދަރިވަރަކު ކިޔަވާ ދާއިރާއިން އެޕްލިކޭޝަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާއި އެ ފަރާތެއްގެ ޓިއުޝަންފީގެ ތެރެއިން ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ހަމަޖެހިފައި ނުވާ އެހެނިހެން ހަރަދުތައް ހޯދަން ހުޅުވާލާފައި ވެއެވެ.

މީގެ އިތުރުން މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީ ގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިހުތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަ ނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނު ދިނުމަށް ވެސް ފުރުސަތު ހުޅުވާލާފައިވެއެވެ. އަދި ޔުނިވާސިޓީ، ކޮލެޖް އަދި ޕޮލިޓެކްނިކް ގައި ކިޔަވައިދޭނެ ލެކްޗަރާއިން ތަމްރީނު ކުރުމަށް ޕީއެޗްޑީ ލެވަލްއަށް ފުރުސަތު ހުޅުވާލާފައިވެއެވެ.

ލޯނު އެހީގެ ދަށުން ތައުލީމާއި ތަމްރީނު ހޯދަން ކޮންމެ ގައުމަކަށް ވެސް ދިއުމުގެ ފުރުސަތު އޮވެއެވެ. ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ހަރަދެއް އެއްކޮށް ދޭނީ އިއުލާން ކޮށްފައިވާ ގައުމުތަކަށެވެ. އެނޫން ގައުމެއްގައި ކިޔެވުމަށް ލޯނު ދޭނީ ލޯނަށް ހޮވުނު ފަރާތުން އިހުތިޔާރުކުރާ އިއުލާންކުރި ގައުމަކާއި ކިޔަވަންދާ ގައުމަކާއި އަޅާކިޔައި ހަރަދު ކުޑަ ގައުމެއްގެ ރޭޓުންނެވެ. މިއަހަރުގެ ލޯނު ސްކީމް އިއުލާން ކޮށްފައި ވަނީ އެޑްމިނިސްޓްރޭޓިވް ޗާޖްގެ ގޮތުގައި 1 ޕަސެންޓް ހިމެނައިގެނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.