އެމްޕީއެލް / އެފްއެސްއެމް ތެލުގެ ވައްކަމުގެ މައްސަލާގައި 3 މީހަކަށް ދައުވާކޮށްފި

އެ އޮފީހުން ބުނީ، އެ ޑެލިވަރީ ނޯޓްތައް ހަސަންއާ ހަވާލުކޮށްފައި ވަނީ ސޮޖިބް ކަމަށެވެ. އަދި، އެމްޕީއެލްއަށް ޑީސެލް ޑެލިވަރީކޮށްފައިވާކަން ދެއްކުމަށް 119 ފޭކް ޑެލިވަރީ ނޯޓް ތައްޔާރުކޮށް ސޮއިކޮށްފައިވާ ކަމަށެވެ.

މާލެ ވިޔަފާރި ބަނދަރު: ކޮވިޑު ތެރޭގައި ފަޅާއެރި ތެޔޮ ވައްކަމާ ގުޅިގެން ތިން މީހަކަށް ވަނީ ދައުވާކޮށްފައި -- އެމްޕީއެލްގެ ފޮޓޯއެއް

މާލެ ވިޔަފާރި ބަނދަރުގެ ތެރޭގައި 2019 އިން 2020 ގެ ނިޔަލަށް ހިންގި ތެލުގެ ބޮޑު ވައްކަމުގެ މައްސަލައިގައި ތިން މީހަކަށް ދައުވާ ކޮށްފި އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އެކި އޮޕަރޭޝަންތަކަށް ބޭނުންވާ ތެޔޮ، ފިއުލް ސަޕްލައި މޯލްޑިވްސް (ޢެފްއެސްއެމް) މެދުވެރިކޮށް ގަތުމުގައި ބޮޑު ވައްކަމެއް ވަނީ ކޮށްފަ އެވެ. މި ހިޔާނާތުގެ މައްސަލަ އަދިވެސް ތަހުގީގު ކުރަމުންދާއިރު، އިއްޔެ ތިން މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

ދައުވާކޮށްފައި ވަނީ؛

  • އެމްޕީއެލްގެ ޕްރޮކިއުމެންޓް ޑިޕާޓްމެންޓްގެ ކުރީގެ ޗީފް މެނޭޖަރު މުހައްމަދު އައިމަން
  • އެމްޕީއެލްގެ ޕްރޮކިއުމެންޓް ޑިޕާޓްމެންޓްގެ ކުރީގެ އެސިސްޓެންޓް މެނޭޖަރު ހަސަން ދީދީ
  • އެފްއެސްއެމްގެ ތެޔޮ ބައުޒަރުގެ ޑްރައިވަރު، ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ސޮޖިބް

މި މައްސަލައިގައި އައިމަން އަދި ސޮޖިބްގެ މައްޗަށް، ހިޔާނަތްތެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު ތިން މީހުންގެ މައްޗަށް، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާ އުފުލާފައިވެ އެވެ.

ޕީޖީ އޮފީހުން ބުނީ، 2019 ވަނަ އަހަރުގެ ތެރޭގައި އެމްޕީއެލްއަށް ނުލިބޭ ތެޔޮ ލިބިފައިވާ ކަމަށް ބަޔާންކޮށް ޖެނުވަރީ 13، 2020 އިން ފެށިގެން އޮކްޓޯބަރު 10، 2020 ގެ ނިޔަލަށް ތައްޔާރުކޮށްފައިވާ 119 ފޭކް ޑެލިވަރީ ނޯޓް ބަލައިގަނެ ސޮއިކުރުމަށް އައިމަން، ހަސަންއަށް އިރުޝާދު ދީފައިވާ ކަމަށެވެ. 

އަދި، އައިމަން އެ ޑެލިވަރީ ނޯޓްތައް ސިސްޓަމުން ބަލައިގަނެ، 783،100 ލީޓަރުގެ ޑީސެލް ލިބިފައިވާ ކަމަށް ލިޔެކިޔުންތަކުން ދައްކައި، އެ ޑީސެލްގެ އަގަށްވާ 6.7 މިލިއަން ރުފިޔާ އެފްއެސްއެމްއަށް ދައްކައި އެ ޑީސެލްއަށް ހިޔާނާތްތެރިވެފައިވާ ކަމަށެވެ.

އެ އޮފީހުން ބުނީ، އެ ޑެލިވަރީ ނޯޓްތައް ހަސަންއާ ހަވާލުކޮށްފައި ވަނީ ސޮޖިބް ކަމަށެވެ. އަދި، އެމްޕީއެލްއަށް ޑީސެލް ޑެލިވަރީކޮށްފައިވާކަން ދެއްކުމަށް 119 ފޭކް ޑެލިވަރީ ނޯޓް ތައްޔާރުކޮށް ސޮއިކޮށްފައިވާ ކަމަށެވެ.

މި ތިން މީހުން އިތުރު އިތުރު ދެ މީހެއްގެ މައްޗަށް ވެސް ތުހުމަތު ކުރި އެވެ. ނަމަވެސް އެމީހުންގެ މައްޗަށް ދައުވާ ކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައި ނުވާތީ މިވަގުތަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި، ތަހުގީގު ނިމޭވަރަކުން އިތުރު މީހުންގެ މައްޗަށް ދައުވާ ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މައްސަލައިގެ ފަސްފަހަތް - އޮޑިޓް އޮފީހުން ހަދާފައިވާ އެމްޕީއެލްގެ ހާއްސަ އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2018 އިން 2020 ގެ ނިޔަލަށް އެމްޕީއެލް އިން ވަނީ 8،855،601 ލިޓަރު ނުވަތަ 90 މިލިއަން ރުފިޔާގެ ތެޔޮ އަޅާފަ އެވެ. އެ އަދަދުގެ ތެރެއިން 2،284،288 ލިޓަރުގެ ޑީސަލް އެމްޕީއެލް އޮޕަރޭޝަންތަކުގައި އުޅަނދު ފަހަރަށް އެޅުމާއި ޖަނަރޭޓަރު ތަކަށް އަޅަން ބޭނުން ކޮށްފައިވެ އެވެ. މިއީ އެ މުއްދަތުގައި އެ ކުންފުނިން ގަނެފައިވާ ޑީސަލްގެ 31.9 ޕަސެންޓެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެމްޕީއެލް އިން ބޭނުންކުރަން ގަނެފައިވާ ޑީސަލްގެ ތެރޭން ގެއްލިފައިވާ އެ ކުންފުނީގެ ޓަގު ބޯޓުތަކަށް އަޅަން ހުޅުމާލެ ޖެޓީ ސަރަހައްދަށް އެމްއެސްއެމް ބައުޒަރު ތަކުން ސަޕްލައިކޮށްފައިވާ 799،900 ލިޓަރު ނުވަތަ 7.2 މިލިއަން ރުފިޔާގެ ޑީސަލް ހިމެނެ އެވެ. ނަމަވެސް މި ތެޔޮ ނާޅާ ކަމަށް ޓަގު ބޯޓުގެ ކެޕްޓަން ވަނީ މައުލޫމާތު ދީފަ އެވެ. ނަމަވެސް މި މުއްދަތުގައި ޓަގު ބޯޓަށް ހުޅުމާލެ ޖެޓީން ތެޔޮ ދޫކޮށްފައިވާ ކަމަށް އެފްއެސްއެމް ޑެލިވަރީ ނޯޓުތަކުގައި ރެކޯޑްކޮށްފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.