އަނިޔާ ދިން މީހުންގެ ބަހަށް ޔާމީން ހެއްލިފައިވާ ކަމަށް އަބްދުއްރަހީމް ސިފަ ކުރައްވައިފި

ވިދާޅުވީ އަނިޔާ ދިން މީހުންގެ ވާހަކަ އަނިޔާ ލިބުނު މީހުނަށް ގަބޫލުކުރެވި އެ އެންމެން އެކުގައި މި ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރާ ކަމަށެވެ.

ރައީސްގެ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން މަސައްކަތް ކުރައްވަނީ އެ މަނިކުފާނަށް އަނިޔާތައް ދިން މީހުންގެ ބަހަށް ހެއްލި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވައްޓާލަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ކޮންގްރެސް ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ނ. މަނަދޫގައި އަބްދުއްރަހީޟް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ނިމުމާއެކު އެމަނިކުފާނަށް އަނިޔާ ދިނީ ކޮން ބައެއްކަން ރާއްޖޭގެ ރައްޔިތުން ދަންނަ ކަމަށެވެ. އަދި އެއިރު ވެރިކަމުގައި ހުންނެވީ ކޮން ބޭފުޅެއްކަން ދިވެހި ރައްޔިތުންނަށް ނޯޅޭނެ ކަމަށެވެ. 

އަދި ވިދާޅުވީ އަނިޔާ ދިން މީހުންގެ ވާހަކަ އަނިޔާ ލިބުނު މީހުނަށް ގަބޫލުކުރެވި އެ އެންމެން އެކުގައި މި ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރާ ކަމަށެވެ.

"އެ ބޭފުޅުން މިއަދު ނިކުމެވަޑައިގެން އެބަ ވިދާޅުވޭ ރައީސް ޔާމީން މިނިވަންވުމަށް ހުރަސް އަޅުއްވަނީ [ރައީސް] ޑރ. މުއިއްޒޭ، އެހެން ވިދާޅުވާތީ އަޅުގަނޑު މި ދަންނަވަނީ މިވަރު ނޭނގޭ ކުޑަކުދިންހޭ ރާއްޖޭގައި މި ތިބީ، ކީއްކުރަންތޯ މި އުޅެނީ. މީގެ ހިތާމައަކީ އެ އަނިޔާދިން މީހުންގެ ވާހަކަ އެ އަނިޔާ ލިބުނު މީހުނަށް މިއަދު ގަބޫލު ކުރެވޭތީ،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.