އެސްޓީއޯ ކޯނޭ 46 ލިފްޓް އެޕޯލޯ ޓަވަރަށް، އިންޑަސްޓްރީގެ އިތުބާރު

މި ލިފްޓްއަކީ މިފަދަ އުފެއްދުންތަކުގައި ބޭނުންކުރާ އެންމެ ފުރިހަމަ ޓެކްނޮލޮޖީ ހިމަނައިގެން އުފައްދާފައިވާ އެއް އުފެއްދުމެވެ.

އެޕޯލޯއިން ހުޅުމާލޭގައި ހަދަމުން ގެންދާ އިމާރާތް

ފިންލޭންޑުގެ މަޝްހޫރު ކޯނޭ ލިފްޓްއަކީ ދުނިޔެ ދަންނަ އުފެއްދުމެކެވެ. ދުނިޔޭގެ ރިއަލްއެސްޓޭޓް / އިމާރާތް ކުރުމުގެ ސިނާއަތުގެ އިތުބާރު އޮތް ލިފްޓްއެކެވެ. މި ފެންނަނީ މި އުފެއްދުން ރާއްޖޭގެ ބާޒާރުގައި ވެސް ވައިގައި ހިފިތަނެވެ. މީގެ ހެއްކަނީ އެޕޯލޯއިން ހުޅުމާލޭގައި ތަރައްގީ ކުރާ 9 އެޕާޓްމަންޓް ކޮމްޕްލެކްސްގެ 46 ލިފްޓް މި ބްރޭންޑަށް ބަދަލުވުމެވެ.

ސަރުކާރު ކުންފުނި އެސްޓީއޯއިން ސަޕްލައިކޮށް އިންސްޓޯލް ކުރާ ކޯނޭ ލިފްޓް އެޕޯލޯއަށް ސަޕްލައިކުރަން ސޮއިކޮށްފައިވަނީ އިއްޔެ އެ ކުންފުނީގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގަ އެވެ. މި އެއްބަސްވުމުގެ ދަށުން، އެޕޯލޯއިން ތަރައްގީ ކުރާ ފުރަތަމަ ދެ ޓަވަރަށް މި އަހަރު ތެރޭގައި ލިފްޓު ސަޕްލައި ކޮށް އިންސްޓޯލް ކުރާނެ އެވެ. މިއެއްބަސްވުމުގައި ހިމެނޭގޮތުން ކޮންމެ ޓަވަރެއްގައިވެސް މަދުވެގެން ޖުމްލަ ފަސް ލިފްޓް ހަރުކުރާނެ އެވެ.

ކޯނޭ ލިފްޓް ސަޕްލައި ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ

މި ލިފްޓު މާކެޓުގައި މިހާރު ރާއްޖޭގައި އެންމެ މަގްބޫލު އެއް ލިފްޓު ބްރޭންޑް ކަމަށްވާ "ކޯނޭ"ގެ ރާއްޖޭގެ ޑިސްޓްރިބިއުޓަރަކީ އެސްޓީއޯއެވެ. އެޕޯލޯ ޓަވަރު ތަކުގައި ހަރުކުރެވިގެންދާ "ކޯނޭ" ލިފްޓުތައް ވެގެން ދާނީ އެންމެ ޒަމާނީ އަދި ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ ފީޗާތައް ހިމެނިގެންދާނެ ލިފްޓް ތަކެކެވެ. އެސްޓީއޯއިން ވަނީ މީގެ ކުރިންވެސް ރާއްޖޭގެ ރިއަލް އެސްޓޭޓް މާކެޓުގައި ހިމެނޭ ބޮޑެތި ޕްރޮޖެކްޓް ތަކެއްގައި "ކޯނޭ" ލިފްޓު ހަރުކޮށް ދީފައެވެ.

ކޯނޭއަކީ ކިހާ ވަރެއްގެ ބްރޭންޑެއް ؟ މި ބްރޭންޑަކީ ދުނިޔޭގައި ލިފްޓާއި އެސްކެލޭޓަރު އިންޑަސްޓްރީގެ ވިދުންގަދަ އެއް ނަމެވެ. "މެޝިންރޫމްލެސް" ލިފްޓް ދުނިޔެ އަށް ތައާރަފް ކުރީ މިބްރޭންޑުންނެވެ. މިކަން ވެގެން ދިޔައީ ލިފްޓް ޓެކްނޮލޮޖީއަށް އައި އިންގިލާބީ ބަދަލަކަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.