އިންޑިއާގެ ލޯނުން ރިޒާވަށް އަސަރު | ޖުމްލަ ރިޒާވް 551.1 މިލިއަނަށް

ރާއްޖޭގެ ޖުމްލަ ރިޒާވް މަތިވެ ދަށްވުން ބިނާވެގެން ދަނީ އިމްޕޯޓް މަތިވުމާއި ދަަރަނި އަދާކުރުމުގެ މައްޗަށެވެ. މިގޮތުން ޔޫޒަބަލް ރިޒާވްގައި އެވްރެޖުކޮށް ދެ މަހުގެ އިމްޕޯޓް ފައިސާ އަބަދުވެސް ހުރެ އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭ -- އެޑިޝަން

މި އަހަރު ފެށުނުތަނާ ރާއްޖޭން އިންޑިޔާގެ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދައްކަން ޖެހުނު ލޯނެއްގެ ސަބަބުން ރިޒާވަށް އަސަރުކޮށް، ރިޒާވަށް ދަށްވުމެއް އަތުވެއްޖެ އެވެ. 

ރާއްޖޭގެ ރަސްމީ ރިޒާވްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޖެނުއަރީ ނިމުނުއިރު ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރީ 551.1 މިލިއަން ޑޮލަރެވެ. މިއީ ޑިސެމްބަރު ނިމުނުއިރު ރިޒާވްގައި ހުރި 588.6 މިލިއަން ޑޮލަރާ އަޅާބަލާނަމަ ގާތްގަނޑަކަށް 37 މިލިއަން ޑޮލަރު ދަށްވުމެކެވެ. މި ދަށްވުމަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖޭގެ ރިޒާވްގައި ހުރި 790 މިލިއަން ޑޮލަރާ އަޅާބަލާނަމަ 238 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ. 

މިފަހަރު ރިޒާވް ދަށްވި ސަބަބު - ރާއްޖޭގެ ރިޒާވް ދަށް ވެފައިވާ ކަމަށް ދައްކަނީ މި އަހަރު ފެށުނު ތަނުން ރާއްޖޭން އެސްބީއައިގެ ދަރަންޏެއް ދައްކަން ޖެހުމެވެ. އެސްބީއައިއިން ރާއްޖޭގެ އެތެރޭގައި ގަނެފައިވާ ބޮންޑެއްގެ ފައިސާ އަނބުރާ ދައްކަން ދައްކަން ޖެހުނު މި ފައިސާއަކީ އިންޑިއާ އިން ބޭނުންނަމަ ފަސްކޮށް ދިނުމުގެ ބާރު އޮތް އަދަދެކެވެ. އެގޮތަށް ބައެއް ހާލަތްތަކުގައި އަމަލު ކުރި ނަމަވެސް މި ފަހަރު އެ ލުއި ރާއްޖެއަށް ދީފައެއް ނެތެވެ. އެހެންވެ މި ފައިސާ ސަރުކާރުން ވަނީ ދައްކާ ހަލާސް ކޮށްފަ އެވެ. 

މި ފައިސާ ދެއްކުމާއެކު ރިޒާވަށް ވަގުތީ ގޮތުން އަސަރު ކުރި ނަމަވެސް ގާތްގަނޑަކަށް 50 މިލިއަން ޑޮލަރުގެ ބޮޑު އަދަދެއް އެއްފަހަރާ ދެއްކުމަކީ އިންވެސްޓަރުންގެ އިތުބާރު ބޮޑުވެގެންދިޔަ ސަބަބެއްގެ ގޮތުގައި މާހިރުން ބުނެފައިވެ އެވެ. 

މިހާތަނަށް ރާއްޖޭގެ ރިޒާވް އެންމެ ބޮޑަށް ދަށްވެފައިވަނީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރު ޔޫޒަބަލް ރިޒާވް 30 މިލިއަން ޑޮލަރަށް ދަށްވެގެން ދިޔަ އެވެ. 

ރިޒާވަށް އަސަރު ކުރާ ސަބަބުތައް

ޓޫރިޒަމް ރަނގަޅުވުމާއެކު ރިޒާވަށް ވަންނަ ފައިސާ އިތުރުވެ އެވެ. އެކަމަކު މިއާއެކު ރާއްޖޭގެ އިމްޕޯޓް މަތިވުމާއި ލޯނެއް ދައްކައިފިނަމަ ރިޒާވް ދަށްވެގެން ދެ އެވެ. މިގޮތުން މިހާރު ރިޒާވްގައި ހުރި 511 މިލިއަން ޑޮލަރާއި މިހާރު ދެއްކި ލޯނުން ބަލާއިރު ރާއްޖޭގެ ޖުމްލަ ރިޒާވްގައި މިހާރުހުރީ ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު ނުވަތަ ދެ މަހުގެ އިމްޕޯޓަށްވާ ފައިސާ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.