މަޖިލީސް މެމްބަރުން ގުނާ ގޮތަށް ގެނައި އިސްލާހުގެ މައްސަލައިގެ ހުކުމް މާދަމާ

މި މައްސަލައިގެ އަޑުއެހުންތައް މި މަހުގެ 21 ވަނަ ދުވަހު ވަނީ ނިންމާލާފައެވެ. ސުޕްރީމް ކޯޓުން މިހާރު ވަނީ މައްސަލައިގެ ހުކުމް އިއްވުން މާދަމާ ހެނދުނު 9:00 އަށް ތާވަލުކޮށްފައެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގުނާނެ ގޮތް ބަދަލުކޮށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތައް ބާތިލު ކުރަން ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އިއްވުން މާދަމާއަށް ތާވަލު ކޮށްފި އެވެ.

އިސްލާހު ގެނެސްފައި ވަނީ މަޖިލީސް ގަވާއިދުގެ 49 ވަނަ މާއްދާގެ ކ. އާއި އ. އަދި ވ. އަށެވެ. އެ އަކުރު ތަކުގައި ބުނަނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާނީ އެވަގުތަކު މަޖިލީހުގައި ތިބި މެމްބަރުންގެ ޖުމްލަ އަދަދަށެވެ. އެހެންކަމުން މިހާރު މަޖިލީހުގެ ޖުމްލަ އަދަދަކީ 80 އެވެ. އޭގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމަށް ބޭނުންވާ ކޯރަމް ހަމަ ކުރެވޭނެ އެވެ.

މިނަމަވެސް ދައުލަތުގެ ފަރާތުން ބުނަކީ މަޖިލީސް ގަވާއިދަށް އެ އިސްލާހު ގެނެސްފައި ވަނީ މަޖިލީހަށް ލިބޭ ބާރުގެ ބޭރުން ކަމަށެވެ. އެއީ، މަޖިލީހުގެ މެމްބަރުން ގުނާނެ ވަކި ގޮތްތަކެއް ގާނޫނުއަސާސީގައި އޮއްވައި، ގަވާއިދަށް އިތުރު ބަދަލެއް ގެނައުމުގެ ސަބަބުން ގާނޫނުއަސާސީ އަށާއި މަޖިލީސް ގަވާއިދު ފުށު އަރާތީ އެވެ.

އެހެންކަމުން އެ އިސްލާހުތައް ބާތިލު ކޮށްދިނުމަށް ދައުލަތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. ނަމަވެސް، ކޯޓުން މައްސަލަ ނުފަށަނީސް މަޖިލީހުން ވަނީ އެ އިސްލާހުތައް ބާތިލު ކޮށްފަ އެވެ.

މި މައްސަލައިގެ އަޑުއެހުންތައް މި މަހުގެ 21 ވަނަ ދުވަހު ވަނީ ނިންމާލާފައެވެ. ސުޕްރީމް ކޯޓުން މިހާރު ވަނީ މައްސަލައިގެ ހުކުމް އިއްވުން މާދަމާ ހެނދުނު 9:00 އަށް ތާވަލުކޮށްފައެވެ.

މަޖިލީހުން އެ މާއްދާތައް ބާތިލު ކޮށްފައިވީ ނަމަވެސް، އެ މައްސަލައި ގައި ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބު އޮފީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް އެ ދުވަހު ވިދާޅުވީ އެ ގަވާއިދަށް އިސްލާހު ގެނެސްފައި ވަނީ ގާނޫނުއަސާސީގައި މަޖިލީހުގެ މެމްބަރުން ކަނޑައަޅާނެ ގޮތް ބަޔާން ކޮށްފައިވާ 71 އަދި 72 ވަނަ މާއްދާ އާއި އަދި، މަޖިލީހުގެ ގާނޫނީ އަދަދު ކަމަށް ބަޔާން ކޮށްފައިވާ 86 އަދި 87 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ. ގާނޫނުއަސާސީގައި ބަޔާން ކޮށްފައި ވަނީ މަޖިލީހުގެ ގާނޫނީ އަދަދަކީ ޖުމްލަ މެމްބަރުންގެ 25 ޕަސެންޓްގެ ގޮތުގަ އެވެ.

ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާގަ މިއޮންނަ ރައްޔިތުންގެ ވެރިކަމުގެ ވާހަކަ މި ދައްކަނީ، މި މައްސަލަ، ނުވަތަ ރައްޔިތުންގެ މަޖިލީހަކީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ރެޕްރެޒެންޓޭޝަންސް އޭގެ ޒާތުގަ އޮންނަން ޖެހޭ ތަނެއްގެ ގޮތުގަ އޮތް އިރުގައި، ބައެއް ރައްޔިތުންގެ ރެޕްރެޒެންޓޭޝަންސް ނެތް ގޮތަށް އެ މާއްދާ މާނަ ކުރެވޭނެ އެއްވެސް ނައްސެއް އަޅުގަނޑުމެންނަކަށް ގާނޫނުއަސާސީ އަކުން ނުފެނޭ،" ފާތިމަތު ވިދާޅުވި އެވެ.

ފާތިމަތު ވިދާޅުވީ ގާނޫނުއަސާސީގައި ވަކި ގޮތަކަށް ބަޔާން ކޮށްފައި އެވަނީ އެއްވެސް ހާލަތެއްގައި މަޖިލީހުގައި ނަގާ އިތުބާރު ނެތް ކަމުގެ ވޯޓް ނެގުން ފަދަ ކަންކަން ފަސޭހައިން ނިމިގެން ނުދިއުން ކަމަށެވެ.

"މީގެ ކުރިން ވެސް އެބަހުރި މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ވެސް ގެއްލިފަ. ނުވަތަ ބައިވަރު މެމްބަރުން ވެސް އިސްތިއުފާ ދޭންވީ، އެކަހަލަ ހާލަތްތަކެއް ވެސް އެބަހުރި ދިމާވެފަ. އޭގެ މާނައަކީ އޭރުގަވެސް މިދެންނެވިހެން ކޯރަމް ގުނާފަ ނުވަތަ މަޖިލީހުގެ ޖުމްލަ މެމްބަރުން ގުނާފަ މިވަނީ އޭރުގަ އޮތް މަޖިލީހުގެ އަދަދަށް ބަލައިގެން،" 18 ވަނަ މަޖިލީހުގައި ހިނގައިދިޔަ ކަމެއް ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.