ޔާމީންގެ މައްސަލަ ނުނިމި މާ ލަސްވެއްޖެ، ރައީސަށް އަވަސް ކުރަން ދެންނެވޭނެ: ސޯލިހް

"އެންމެނަށް ގަބޫލު ކުރެވެނީ ކޮންމެވެސް ކަހަލަ ނުފޫޒެއް، ކޮންމެވެސް ކަހަލަ ނުފޫޒެއް ކޯޓުގެ ތެރެއަށް ފޯރާ ކަމަށް،" ޔާމީން މައްސަލައާ ގުޅޭގޮތުން ރައީސް ސޯލިހް ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާލެ ސިޓީގައި ދޮރުން ދޮރަށް ހިންގަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށްގެ އިސްތިއުނާފު ޝަރީއަތް ނުނިމި މާ ދިގު މުއްދަތެއް ހޭދަވެގެން ހިނގައްޖެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހްގެ ސަރުކާރު ގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާ ޖަލުގައި ބަންދު ކުރީ ޑިސެންބަރު 25، 2022 ގައެވެ. އޭގެ ކުރީން ވެސް އެހެން ހުކުމެއް ގައި ގިނަ ދުވަސް ތަކަކު އެމަނިކުފާނު ޖަލުގައި ހުންނެވި އެވެ. ޖުމްލަ 1000 ވުރެ ގިނަ ދުވަސް ރައީސް ސޯލިހްގެ ވެރިކަމުގައި ޔާމީން ޖަލުގައި ހޭދަ ކުރެއްވި އެވެ.

އެމްޑީޕީގެ އެޑްވައިޒަރުގެ މަގާމު ގައި ވެސް މިވަގުތު ހުންނެވި ރައީސް ސޯލިހް މިއަދު ވަނީ ރައީސް ޔާމީންގެ އިސްތިއުނާފު ޝަރީއަތާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. މާލެ ސިޓީގައި ދޮރުން ދޮރަށް ހިންގެވުމަށް ފަހު ނޫސްވެރީން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ސޯލިހް ވިދާޅުވީ ޔާމީންގެ އިސްތިއުނާފު ނޮވެންބަރު 23، 2023 ގައި ނިމިފައިވާއިރު ހުކުމަކާއި ހަމައަށް ނުގޮސް ތިން މަސް ދުވަސް ހޭދަވުމަކީ މާ ބޮޑަށް ލަސްވުން ކަމަށެވެ.

އެ މިންވަރަށް ލަސްވާނީ ކޮންމެވެސް ނުފޫޒެއް އޮވެެން ކަމަށް ރައްޔިތުން ދެކޭ ކަމަށް ވެސް ވިދާޅުވި އެވެ.

"އެންމެނަށް ގަބޫލު ކުރެވެނީ ކޮންމެވެސް ކަހަލަ ނުފޫޒެއް، ކޮންމެވެސް ކަހަލަ ނުފޫޒެއް ކޯޓުގެ ތެރެއަށް ފޯރާ ކަމަށް،"

ސޯލިހް ވިދާޅުވީ އިންސާފު އަވަސް ކުރުމަކީ އެންމެ މުހިންމު ކަމަށްވީއިރު އެކަން ލަސްވާނަމަ ވެރިއަކަށް ހުންނަ ބޭފުޅަކަށް އެކަންކަން ބެލެނެ ކަމަށެވެ. އަދި އިންސާފު އަވަސް ކޮށް ދިނުމަށް ދެންނެވުމުގެ ގާނޫނީ ބާރު ރައީސަށް އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

1
450
ބޯބުޅި އައްޔަ
2 months ago

ދެން މާހެޔޮލަފާ މީހަކަށް ހެދިގެން އުޅޭނެ ކަމެއް ނެތް ޔާމީން ޖަލަށްލީ ވެސް އިބޫ . ޖަލަށް ފޮނުވާލަން ޖެހޭ ކިތަންމެ ކަމެއް އިބޫ ވެސް ކޮށްފަ އެބަހުރި. ފެންވަރުގެ ތަހުގީގެއް ކޮއްލީމަ އިނގޭނީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.