ކައުންސިލްތަކާއި ޖުޑިޝަރީ އަދި މިނިވަން މުއައްސަސާތަކުގެ މުސާރަ ބޮޑުކޮށްފި

މިއަދު މަޖިލީހުގެ ތަޅުމުގައި ކޮމެޓީ ރިޕޯޓަށް ވޯޓަށް އެހުމުން، 49 މެމްބަރުން އިއްތިފާގުން ވަނީ އެ މުއައްސަސާތަކުގެ މުސާރަ ބޮޑުކުރަން ފާސްކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ

ރައްޔިތުންގެ މަޖިލީސް މެމްބަރުންގެ މުސާރަ ނުހިމަނައި، ޖުޑިޝަރީ އާއި ކައުންސިލްތައް އަދި އެހެނިހެން މިނިވަން މުއައްސަސާތަކުގެ މުސާރަ ބޮޑުކުރަން ފާސްކޮށްފި އެވެ.

އެހެނިހެން މުއައްސަސާތަކުގެ މުސާރަ ބޮޑުކުރަން މަޖިލީހުން މިއަދު ފާސްކޮށްފައިވާއިރު، މަޖިލީސް މެމްބަރުންގެ މުސާރަ، އެއްލައްކަ ރުފިޔާއަށް ބޮޑުކުރަން ކުރިން އޮތީ ނިންމާފަ އެވެ. ނަމަވެސް މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފަހުން ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ.

މިއަދު މަޖިލީހުގެ ތަޅުމުގައި ކޮމެޓީ ރިޕޯޓަށް ވޯޓަށް އެހުމުން، 49 މެމްބަރުން އިއްތިފާގުން ވަނީ އެ މުއައްސަސާތަކުގެ މުސާރަ ބޮޑުކުރަން ފާސްކޮށްފަ އެވެ.

ޖުޑިޝަރީގެ މުސާރަ ބޮޑުކޮށްފައިވާ ގޮތް

  • 1.އުއްތަމަ ފަނޑިޔާރު - 91،000 ރުފިޔާ
  • 2.ސުޕްރީމް ކޯޓުގެ ފަނޑިޔާރުން - 89،000 ރުފިޔާ
  • 3.ހައިކޯޓުގެ އިސް ފަނޑިޔާރު - 70،000 ރުފިޔާ
  • 4.ހައިކޯޓުގެ ފަނޑިޔާރުން - 68،000 ރުފިޔާ
  • 5.ދަށު ކޯޓުތަކުގެ އިސް ގާޒީން - 62،000 ރުފިޔާ
  • 6.ދަށު ކޯޓުތަކުގެ ގާޒީން - 60،000 ރުފިޔާ
  • 7.ދާއިރާގެ އިސް މެޖިސްޓްރޭޓުން - 43،000 ރުފިޔާ
  • 8.ކޯޓުގެ އިސް މެޖިސްޓްރޭޓުން - 41،000 ރުފިޔާ
  • 9.މެޖިސްޓްރޭޓުން - 41،000 ރުފިޔާ

ކައުންސިލްތަކުގެ މުސާރަ ބޮޑުކޮށްފައިވާ ގޮތް

  • 1.މޭޔަރުން - 46،000 ރުފިޔާ
  • 2.ޑެޕިއުޓީ މޭޔަރުން - 40،500 ރުފިޔާ
  • 3.އަތޮޅު ކައުންސިލްތަކުގެ ރައީސުން - 33،000 ރުފިޔާ
  • 4.ސިޓީ ކައުންސިލްތަކުގެ މެމްބަރުން - 35،000 ރުފިޔާ
  • 5.ރަށު ކައުންސިލްތަކުގެ ރައީސުން - 25،500 ރުފިޔާ
  • 6.ރަށު ކައުންސިލްތަކުގެ ނައިބް ރައީސުން - 20،000 ރުފިޔާ
  • 7.ރަށު ކައުންސިލްތަކުގެ މެމްބަރުން - 18،000 ރުފިޔާ

އެހެނިހެން މިނިވަން މުއައްސަސާތަކުގެ މުސާރަ ބޮޑުކޮށްފައިވާ ގޮތް

  • 1.ގަވަރުނަރު - 74،000 ރުފިޔާ
  • 2.ޑެޕިއުޓީ ގަވަރުނަރު - 55،000 ރުފިޔާ
  • 3.އޮޑިޓާ ޖެނެރަލް - 74،000 ރުފިޔާ
  • 4.ޕްރޮސެކިއުޓާ ޖެނެރަލް - 74،000 ރުފިޔާ
  • 5.ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން - 74،000 ރުފިޔާ
  • 6.ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން - 55،000 ރުފިޔާ
  • 7.މިނިވަން މުއައްސަސާތަކުގެ ރައީސުން - 59،000 ރުފިޔާ
  • 8.މިނިވަން މުއައްސަސާތަކުގެ ނައިބް ރައީސުން - 55،000 ރުފިޔާ
  • 9.މިނިވަން މުއައްސަސާތަކުގެ މެމްބަރުން - 48،000 ރުފިޔާ
  • 10.ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް - 59،000 ރުފިޔާ
  • 11.ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ނައިބް ރައީސް - 55،000 ރުފިޔާ
  • 12.ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރުން - 48،000 ރުފިޔާ

ރައްޔިތުންގެ މަޖިލީސް އިދާރާގައި ކަނޑައަޅަން ޖެހޭ އެހެނިހެން ފަރާތްތަކުގެ މުސާރަ ވެސް ވަނީ ބޮޑުކޮށްފަ އެވެ. އޭގެ ތެރޭގައި ޓެކްސް އެޕޯލް ޓްރިބިއުނަލް މެމްބަރުންނާއި، ޑިރެކްޓަރުންގެ ބޯޑުގެ މުސާރައާއި މީޑިއާ ކައުންސިލްގެ މުސާރަ ހިމެނެ އެވެ.

އަދި، މީރާގެ ޑިރެކްޓަރުންގެ ބޯޑާއި، ޕްރައިވަޓައިޒޭޝަން ބޯޑުގެ މެމްބަރުންނާއި ޕޭ ކޮމިޝަންގެ މެމްބަރުންގެ މުސާރަ ވެސް ވަނީ ބޮޑުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.