އަހަރު ފެށުން | ޑޮލަރުގެ އާމްދަނީއަށް ކުޑަ އިތުރުވުމެއް

މި އަހަރުގެ ޖެނުއަރީ މަހު ޓީޖީއެސްޓީގެ ގޮތުގައި ޑޮލަރުން ލިބުނު އާމްދަނީ ވަނީ ދަށްވެފަ އެވެ. އަދި ގްރީން ޓެކްސް ވެސް ދަށްވެފައި ހުރި ކަމަށް ދައްކަ އެވެ.

ރާއްޖެ އައި ޓޫރިސްޓުންތަކެއް ވީއައިއޭގައި މަޑުކޮށްލައިގެން : ޓޫރިޒަމުން މި އަހަރު ޑޮލަރު ލިބުނު މިންވަރު އިތުރުވީ ކުޑަ މިންވަރެއް -- ޔާމިން މުހައްމަދު

ޓޫރިޒަމް ރަނގަޅު ވުމާއެކު ދައުލަތަށް ލިބޭ އާމްދަނީ ވެސް ވަނީ މަތިވެފަ އެވެ. އެކަމަކު މި އަހަރުގެ ފެށުމަށް ބަލާނަމަ ޑޮލަރުން ލިބޭ އާމްދަނީ ނިސްބަތުން މަތިވަމުން ދަނީ ދުވެލި މަޑުކޮށް ކަމަށް ދައްކަ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ (މީރާ) ގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޑޮލަރުން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 102 މިލިއަން ޑޮލަރެވެ. ނަމަވެސް މި އަހަރު މި އަދަދު ވަނީ 112 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާނަމަ 10 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. އެކަމަކު މިއީ ޓޫރިޒަމަށް ލިބިގެން ދިޔަ ކުރިއެރުމާ ބަލާއިރު ނިސްބަތުން ކުޑަ މިންވަރެކެވެ. 

ޑޮލަރުގެ އާމްދަނީ ލިބުނު ދާއިރާތައް

  •  ޓޫރިޒަމް ޓެކްސް: 2023 - 79 މިލިއަން | 2024 - 61 މިލިއަން
  •  ގްރީން ޓެކްސް: 2023 - 6.5 މިލިއަން | 2024 - 6.4 މިލިއަން
  •  އިންކަމް ޓެކްސް: 2023 - 7.1 މިލިއަން | 2024 - 16 މިލިއަން
  •  ޑިޕާޗާ ޓެކްސް: 2023 - 5.6 މިލިއަން | 2024 - 6 މިލިއަން
  •  އޭޑީއެފް: 2023 - 5.8 މިލިއަން | 2024 - 6.1 މިލިއަން
  •  ޓޫރިޒަމް ބިމުކުލި: 2023 - 6.1 މިލިއަން | 2024 - 4.9 މިލިއަން

ޓޫރިޒަމް ޑޮލަރުގެ އާމްދަނީ ދަށް - މިދިޔަ ޖެނުއަރީ މަހު ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިޒަމް ޓެކުހުގެ ގޮތުގަ އެވެ. ނަމަވެސް މި ޓެކުހުގެ އާމްދަނީ ވަނީ ދަަށްވެފަ އެވެ. މިދިޔަ އަހަރު 79 މިލިއަން ޑޮލަރު އާމްދަނީއަށް ލިބުނު ނަމަވެސް މި އަހަރު މި އަދަދު ހުރީ 61 މިލިއަން ޑޮލަރުގަ އެވެ. 

ޓޫރިޒަމް ރެކޯޑް އަހަރެއްގެ ފެށުން

މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމް ތާރީހުގައި އެންމެ ގިނަ މީހުން އައި އަހަރެވެ. މިދިޔަ އަހަރު 1.8 މިލިއަން މީހުން އައިސްފަައިވެ އެވެ. އަދި މި އަހަރު ދެ މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ވަނީ އަންދާޒާ ކުރެވިފަ އެވެ. 

ކޮމެންޓް

1
450
މާއިން
2 months ago

މި އަހަރު އަދި މި އީ 3 ވަނަ މަސް. ހިސާބު ތައް ގެނެސްދީފައިވާ ގޮތުން މިއަހަރު ގެ މިހާތަނަށް ވެސް ވަރަށް ރަނގަޅު.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.