މިފްކޯ ގެއްލުމުން އަރައިގަނެ ފައިދާ ނެރޭނެ ޕްލޭން އެބައޮތް : އެމްޑީ

އެމްޑީ ސަމާހު ވިދާޅުވީ މިހާތަނަށް މަސް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުންތައް ވެސް ހުރީ މަސް ދަޅަކަށް އަގުކުރިނަމަވެސް ގެއްލުންވާ ގޮތަށް ކަމަށެވެ.

މިފްކޯގެ ކާރުހާނާއެއްގެ އޮފީސް އިމާރާތް: މަސްް ކުންފުންޏަކީ ނިޒާމެއްގައި ހިނގާ ތަނެއް ކަމަށް އޮޑިޓަކުން ނުފެނޭ

ސަރުކާރުގެ މަސް ކުންފުނި، މިފްކޯ ގެއްލުމުން އަރައި ގަނެ، ފައިދާވާ ކުންފުންޏަކަށް ހެދުމުގެ ޕްލޭނެއް އެބައޮތް ކަމަށް މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ވިދާޅުވެއްޖެ އެވެ

ސަރުކާރު ކުންފުނިތަކުގެ މަސައްކަތް ބަލަހައްޓާ މިނިވަން ބޮޑީ، ސްޓޭޓް އޯން އެންޓަޕްރައިސަސް (އެސްއޯއީ) އިން މިފްކޯއާއެކު މިއަދު ރައްޔިތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން އެމްޑީ ސަމާހު ވިދާޅުވީ ބޮޑު ގެއްލުމެއްވެ، ބޮއްސުންލާފައިވާ ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހައްދަވާނެ ކަމަށެވެ.

"މި މަގާމަށް [މިފްކޯ[ ގެ އެމްޑީއަކަށް ހަވާލުވި ދުވަހުން ފެށިގެން ޕްލޭންގެ މަތީގަ މިހުރީ. އެ ޕްލޭން ޑޮކިއުމެންޓްކޮށް އެ ޑޮކިއުމެންޓް މި މަހުގެ 28 ވަނަ ދުވަހު ހުށަހަޅަން ބިޒްނަސް ޑިވްލޮޕްމަންޓް ޔުނިޓުގައި ވާނީ އެދިފަ. މަޖިލީހުން އެދިއްޖެނަމަ އެ ޕްލޭންވެސް ހިއްސާ ކުރެވިދާނެ،" ސަމާހު ވިދާޅުވި އެވެ.

ސަމާހު ވިދާޅުވީ މިފްކޯގެ މަހުގެ ރިޖެންޓް ބައި ސަލާމަތް ކުރެވޭ ހިސާބަށް ދާނަމަ މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ވާނެ ކަމަށެވެ. 

"މިފްކޯ އިން އެބަ ތައްޔާރު ކުރެވޭ މިޝްމީލު ވެސް. މި އެކަންޏެއް ނޫން މިފްކޯ އަށް ތައްޔާރު ކުރެވޭނެ ވޯލްޑް މާކެޓުގައި ބޮޑު އަގު ލިބޭ ފިޝް އޮއިލް ވެސް. މިއީ ފާމަޝޫޓިކަލް ގްރޭޑުގައި އުފެއްދިއްޖެނަމަ ޓަނަކަށް 4،000 ޑޮލަރު ވަރު ލިބޭނެ، މިހެންގޮސް ގިނަ ކަންކަން އެބަހުރި. އެހެންވެ މި ދަންނަވަނީ މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހެދޭނެއޭ،" ސަމާހު ވިދާޅުވި އެވެ. 

މަސް އެކްސްޕޯޓް އެއްބަސްވުންތަކުން ގެއްލުވޭ

އެމްޑީ ސަމާހު ވިދާޅުވީ އާ މެނޭޖުމަންޓް ހަވާލުވި ދުވަހާ ހަމައަށް ބަލާނަމަ މަސް ގަންނަން ބޭރުގެ ފަރާތްތަކަށް ހަދާފައިވާ ގިނަ ކޮންޓްރެކްޓްތައް ހުރީ ގެއްލުންވާ ގޮތަށް ކަމަށެވެ.

"މަސް ދަޅު އެކްސްޕޯޓް ކުރަން ހަދާފައިވާ އެއްބަސްވުންތައް ހުރީ ދަޅަކުން ގެއްލުންވާ ގޮތަށް. އެކަމަކު އަޅުގަނޑު [އެމްޑީ] ގެ މަގާމަށް އަންނަ ގޮތަށް ހުރިހާ އެއްބަސްވުންތައް ބާތިލެއްވެސް ނުކުރެވޭނެ. ތައިލެންޑު ބާޒާރަށް މަސް ވިއްކުން ހުއްޓައެެއް ވެސް ނުލެވޭނެ. އެކަމަކު އެކަންކަން އިސްލާހު ކުރަމުން މި ގެންދަނީ،" ސަމާހު ވިދާޅުވި އެވެ.

މިފްކޯ - މިފްކޯއަކީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ވަކިން ހިންގަމުން ދިޔަ ކުންފުންޏެކެވެ. މި ގޮތަށް ހިންގަމުން ދަނިކޮށް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މިފްކޯގެ ދަށުން ހިންގަމުން ދިޔަ ކޫއްޑޫ އާއި ފެލިވަރު ވަކި ކުންފުންޏަކަށް ހެދި އެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މި ހުރިހާ ތަންތަން މިފްކޯގެ ދަށް ގެނެސް އެސްޓީއޯގެ ދަށަށް ގެނަ އެވެ. ނަމަވެސް އެ ވެރިކަން ނިމެން ދަނިކޮށް ރައީސް ޔާމީންގެ ސަރުކާރުން ވަނީ މިފްކޯ އެސްޓީއޯގެ ދަށަށް ބަދަލުކޮށްފަ އެވެ. އެންމެފަހުން މި ކުންފުނި މިނިވަން ކުންފުންޏެއްގެ ގޮތުގައި ބަދަލުކޮށްފައިވަނީ މިވެރިކަމުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.