ކުވޭތު ފަންޑުގެ އެހީ އަނބުރާ ގެންދިޔަ ވާހަކަ އަމީރު ދޮގު ކުރައްވައިފި

ރައީސް މުއިއްޒުގެ އުތުރު ދަތުރުފުޅުގައި ހދ. ހަނިމާދޫގައި ވިދާޅުވީ ހަނިމާދޫ ހިމެނޭ ގޮތަށް އިތުރު ތިން ރަށުގައި 30 އެނދުގެ ހޮސްޕިޓަލް އެޅުމަށް ކުވޭތު ފަންޑުން ހިލޭ އެހީ ހަމަޖެހިފައި އޮތް ކަމަށެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ކުރީގެ ސަރުކާރުގައި މަޝްރޫއު ހިންގުން ލަސް ވެގެން ކުވޭތު ފަންޑުން ދިން ހިލޭ އެހީ އަނބުރާ ގެންދިޔަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ވާހަކަ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދޮގު ކުރައްވައިފި އެވެ.

އަމީރު ވިދާޅުވީ ކުވެއިތު ފަންޑުން އަބަދުވެސް ރާއްޖެއަށް އެހީވާ ކަމަށާއި އޭރު ފަންޑު ދިނުން އަނބުރާ ގެންގޮސްފައި ނުވާ ކަމަށެވެ.

"މިއީ ކަނޑައެޅިގެން ދޮގެެއް، ކުވޭތު ފަންޑުން އަބަދުވެސް އަންނަނީ ރާއްޖެއަށް އެހީތެރިވަމުން، މަޝްރޫއެއް ނުހިންގިގެން އެއްވެސް ޕްރޮޖެކްޓެއް، ފަންޑު ދިނުން އަނބުރާ ގެންގޮސްފައި ނުވޭ. މަނިކުފާނަށް ރަނގަޅު މައުލޫމާތު ދޭނެ ކަމަށް އެކަށީގެންވާ، ގާބިލް މީހުން އައްޔަން ކުރަން ފެނޭ،" އަމީރު ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ އުތުރު ދަތުރުފުޅުގައި ހދ. ހަނިމާދޫގައި ވިދާޅުވީ ހަނިމާދޫ ހިމެނޭ ގޮތަށް އިތުރު ތިން ރަށުގައި 30 އެނދުގެ ހޮސްޕިޓަލް އެޅުމަށް ކުވޭތު ފަންޑުން ހިލޭ އެހީ ހަމަޖެހިފައި އޮތް ކަމަށެވެ. ނަމަވެސް މިދިޔަ ސަރުކާރުން އެ ފަންޑުގެ ބޭނުން ނުކޮށް މި ޕްރޮޖެކްޓުތައް ހިންގުން ލަސް ކުރަމުން ގޮސް ފަންޑު އަނބުރާ ގެންދިޔައީ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.