ކުޑަކުއްޖަކާ ބެހުނު މީހަކު 18 އަހަރަށް ޖަލަށް

އެއް ދައުވާއަކީ ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި 15 އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ.

ތ. ގުރައިދޫ، މިޔަވާލިގެ، ހުސައިން ޒާހިން: އޭނާ ވަނީ 18 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައި --

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ކުށް ސާބިތުވެ، 18 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ކުށް ސާބިތުވެފައި ވަނީ ތ. ގުރައިދޫ، މިޔަވާލިގެ، ހުސައިން ޒާހިންގެ މައްޗަށެވެ. މިއީ 2020 ވަނަ ހިނގި ހާދިސާއެކެވެ. އޭރު އުމުރުން 13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުވެސް ކޮށްފަ އެވެ.

އޭނާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއް ދައުވާއަކީ ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި 15 އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ.

މީގެ އިތުރުން، ކުޑަކުއްޖާއަށް ޖިންސީ ގުނަވަނެއް ދެއްކި ކަމުގެ ކުށުގައި ތިން އަހަރަށް އަދި، އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގައި އެއް މަހާއި ހަ ދުވަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ. އެހެންވެ، ޖުމްލަ 18 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ވަނީ ކޮށްފަ އެވެ. 

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މިފަދަ މައްސަލަތަކުގައި ކުދިންގެ މަސްލަހަތު ރައްކާތެރިކުރުމަށް ތަފްސީލީ ރިޕޯޓް ކޯޓުން އާންމެއް ނުކުރެ އެވެ. އެހެންވެ، މި މައްސަލައިގެ އިތުރު ތަފްސީލެއް ނެތެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.