ނޫރެއިން ދެއްވީ އެމްއެމްޕީއާރުސީން ނަތީޖާ ނެރޭނެކަމުގެ ޔަގީންކަން

ނޫރެއިން ވަނީ އެ ކުންފުންޏަކީ މެޖޯރިޓީ އަންހެން ތިއްބެވި ބޯޑެއްކަން ފާހަގަ ކުރައްވާފަ އެވެ. މި ކުންފުނި ކުރިއަށްދާނީ އިންޑަސްޓްރީގެ ހިޔާލުތަކާއެކުގައިކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

އެމްއެމްޕީއާރުސީގެ ޗެއާޕާސަން ނޫރެއިން ޖަނާހު

ސަރުކާރުގެ މާކެޓިން ކުންފުނީގައި ހުރި މައްސަލަތަކާމެދު ޓޫރިޒަމް ސިނާއަތުގެ ގިނަ ބަޔަކު އަބަދު ވެސް ފާޑުކިޔަ އެވެ. މި ފާޑު ކިޔުންތައް ވާހަކަ ދައްކައިގެން ހައްލު ކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތް މަދުވުމަކީ ވެސް ބައި ގަރުނުވީ މި އިންޑަސްޓްރީގެ ގިނަ ބައެއްގެ ޝަކުވާއެކެވެ. މިފަދަ ފާޑުކިޔުންތަކެއް ރޭވަނީ ޓޫރިޒަމް އިންޑަސްޓްރީގެ ސީނިޔަ ގިނަ ބަޔަކު ތިބި ގްރޫޕެއްގައި އޮއްސާލާފަ އެވެ. މި ފާޑުކިޔުންތަކަށް ސަރުކާރުގެ މާކެޓިން ކުންފުނި ދިފާއުކުރަން ނުކުންނެވީ މިހާރުގެ ޗެއާޕާސަން އައިޝަތު ނޫރައިން ޖަނާހު އެވެ. އެކަމަކާ ވަނީ މިހާރު އޮތް ސަރުކާރު މާކެޓިން ކުންފުނީގެ މެނޭޖުމަންޓުން ނަތީޖާ ނެރެދޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. 

ނިއުޒިލޭންޑުން މަތީތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ނޫރެއިން ވިދާޅުވީ ޓޫރިޒަމް ސިނާއަތުގެ ކުރިއެރުވުމުގެ މުސްތަގުބަލާ މެދު ސިނާއަތުގެ ބޭފުޅުން ދެއްވާ ހިޔާލުތަކާއި ކަންބޮޑުވުންތަކުގެ އަގު އަގުވަޒަން ކުރައްވާ ކަމަށެވެ. ހުރިހާ ފަރާތްތަކެއްގެ ވެސް މަގުސަދަކީ މި ސިނާއަތް ވަރުގަދަކޮށް ހަރުދަނާ ކުރުން ކަމަށާ، އެކަން ކުރުމުގައި އެމްއެމްޕީއާރުސީގެ ރޯލް އެންމެ ފުރިހަމަ ގޮތުގައި އަދާކުރައްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ކުންފުނީގެ މާކެޓިންގައި މަސައްކަތް ކުރަނީ ނޫކަށިފުރައިގެ ޒުވާން ޓީމެއް ކަމަށާ ކުންފުނީގެ އާ މެނޭޖުމަންޓުން ހަވާލުވިތާ ދެ މަސްވެފައިވާއިރު ހުރި ގިނަ މައްސަލަތަކެއްގެ ހައްލު ހޯދައިދެއްވާފައިވާނެ ކަމަށެވެ. މިކަމުގައި ކުރީގެ ބޯޑުގެ މެންބަރުންގެ އެހީތެރިކަން ވެސް ލިބިވަޑައިގަންނަވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން މި ގެންދަނީ އެމްއެމްޕީއާރުސީއަކީ ކޯޕަރޭޓް ގަވަމަންޓުގެ އުސޫލުތަކުގެ ތެރޭން ހިންގުންވެސް ވަރުގަދަ ކުރަން. އިންޑަސްޓްރީގެ އަޑު އަހައިގެން ކުރިއަށްދާން،" ޔޫއެން ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން ސަމިޓްގައިވެސް ހިދުމަތް ކުރެއްވި ނޫރެއިން ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ޗެއާޕާސަން ނޫރެއިން ޖަނާހު

ނޫރެއިންގެ މި ވާހަކަފުޅަށް އިންޑަސްޓްރީގެ ގިނަ ބަޔަކު ތާއީދުކޮށްފައިވެ އެވެ. ނަމަވެސް އެއް މެންބަރަކު ވަނީ ވަރަށް ހުތުރު ބަހުން ނުހާތަބުކޮށްފަ އެވެ. 

ނިއުޒިލޭންޑުގެ ފަގީރުންނަށް އެހީވާން ހިންގާ އެއް ބިލިއަން ޑޮލަރުގެ ފަންޑް ނޯތް ޓްރަސްޓީސް ފަންޑު ތަމްސީލް ކުރައްވާ މެންބަރު ނޫރެއިން ވަނީ ބިނާކުރަނިވި ފާޑު ކިޔުންތަކާއި ހިޔާލުތަކަށް އަބަދުވެސް މަރުހަބާ ވިދާޅުވާ ކަމަށް ވިދާޅުވެ ހިޔާލުތައް ދެއްވުމަށްޓަކައި އެކަމަނާގެ މޮބައިލް ނަމްބަރު ގްރޫޕުގައި ހިއްސާ ކުރައްވާފަ އެވެ. އެެއާއެކު އެކަމަނާ ވިދާޅުވީ ގިނަ އަދަދެއްގެ އަންހެން މެންބަރުން ބޯޑުގައި މަސައްކަތް ކުރާ ކުންފުންޏަކަށް އެމްއެމްޕީއާރުސީވުމަކީ އުފާ ކުރައްވާ ކަމެއް ކަމަށެވެ. 

ނޫރެއިން ޖަނާހު، ދުނިޔެ ދަންނަ މޫނެއް

ނޫރެއިން ޖަނާހުއަކީ ދުނިޔޭގައި ވެސް މަޝްހޫރު ކަމެއް ހޯއްދަވާފައިވާ ނޫރެއިން އަކީ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު ދަރިކަނބަަލުންނެވެ. ނޫރައިން ފާހަގަ ކުރެވިފައި ވަނީ ވަރަށް ނަމޫނާ ޒުވާނެއްގެ ގޮތުގަ އެވެ. ހާއްސަކޮށް ބަދަލަށް ވަކާލާތު ކުރައްވާ އެހެން މީހުންނަށް އެހީތެރިވެ ދެއްވުމުގައި އެއީ މިސާލެކެވެ. ހައްގުތަކަށް އަޑު އުފުއްލެވުމާއި އެހީގެ މަސައްކަތުގައި ޗެންޕިއަނެކެވެ. "ޔޫއެން ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން ސަމިޓް" ގައި އަންހެނުން މަސައްކަތުގެ މައިދާނުގައި ކުލަ ތަފާތު ނުކުރުމަށް ގޮވާލާ ނިއުޒިލެންޑް ތަމްސީލް ކުރެއްވީ ނޫރައިންނެވެ. ނޫރައިން ވަނީ 2015 ވަނަ އަހަރު "ވެެއިޓްމަޓާ ލޯކަލް ބޯޑް ގޫޑް ސިޓިޒެން އެވޯޑް" ވެސް ހޯއްދަވާފަ އެވެ. އަދި ޒުވާން އަންހެނުންނަށް ކުރިއަށް ދާންވީ ރަނގަޅު ގޮތް ވިދާޅުވެ ދެއްވާ އެކަމުގައި ހިތްވަރުދެއްވާ ވަޒީފާގެ ތަމްރީން ބޭނުންވާ އަންހެނުންނަށް އެހީތެރިވާން ހާއްސަ ޖަމިއްޔާއެއް ވެސް އުފައްދަވާފަ އެވެ. "އޮތެންޓިސިޓީ އެން ޒެޑް" ގެ ނަމުގައި ހިންގާ ޖަމިއްޔާ އިން ވަޒީފާގެ ތަމްރީން ބޭނުންވާ އަންހެނުންނަށް އެހީތެރިވެ ދެއެވެ.

ނިއުޒީލޭންޑްގެ ސިޔާސީ ފަރާތްތަކާއި ކަމާގުޅޭ އިދާރާތަކުގެ އިސް ވެެރިންނާއި މަަޝްވަރާކޮށް ހިޖުރަވެެރިންނަށް ނިއުޒީލޭންޑްގައި ކުރިމަތިވާ ގޮންޖެހުންތަކާ ދަތިތައް ސަމާލު ކަމަށް ގެނެސްދިނުމުގައި ނޫރައިން މުހިންމު ދައުރެއް އަދާ ކުރައްވާފައި ވެއެވެ. މީގެ އިތުރުން ނޫރެއިންއަކީ ނިއުޒިލޭންޑުގެ ފަގީރުންނަށް އެހީވާ ފަންޑް ނޯތް ޓްރަސްޓީސްގެ ފަރާތުން އާއްމުން ތަމްސީލް ކުރާ މެންބަރެކެވެ. ނޯތް ޓްރަސްޓީސް އިން ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ނޫރެއިންއަކީ ލީޑަރެކެވެ. މިއީ އެއް ބިލިއަން ޑޮލަރުގެ ބޮޑު ފަންޑެކެވެ. 

މި ފަހުން އެކަމަނާ ގެންދަވަނީ ބައްޕަގެ ވިޔަފާރީ ކުރިއަށް ގެންދެވުމުގައި ވެސް މުހިންމު ދައުރެއް އަދާ ކުރައްވަމުންނެވެ. ޕްރިންސިޕަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަގާމުގައި ހުންނެވި ޖަނާ އަކީ ވަރަށް ކުޅަދާނަ / އެހާމެ ކާމިޔާބު ވިޔަފާރިވެރި އެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.