ޝާކިރުބެ ދިވެހީންގެ ތެރޭގައި މަޝްހޫރުވީ ފިލްމުތަކުގައި އަދާކުރި އޯގާތެެރި ބައްޕަގެ ރޯލުތަކުންނެވެ.
ޝާކިރުބެ ނިޔާވީ ގިނަ ދުވަސްތަކަކު ބަލިވެ އުޅެފައެވެ. ނިޔާވިއިރު އުމުރަކީ 85 އަހަރު ގައެވެ. ޖަނާޒާ އޮތީ މާދަމާ މެންދުރު ނަމާދަށް ފަހު ހުޅުމާލެ ސަހަރާ ގައެވެ.
ޝާކިރުބެ ދިވެހީންގެ ތެރޭގައި މަޝްހޫރުވީ ފިލްމުތަކުގައި އަދާކުރި އޯގާތެެރި ބައްޕަގެ ރޯލުތަކުންނެވެ. ވަރަށް ގިނަ ފިލްމުތަކުގައި ޝާކިރުބެ އަދާކޮށްފައި ވަނީ އޯގާތެެރި ބައްޕަގެ ރޯލަތަކެވެ.
ދިވެހީންގެ މެދުގައި ވަރަށް މަގުބޫލު ވެފައިވާ މުހައްމަދުރަސޫލުﷲ ގައި ވެސް މުހިންމު ބައެއް ކެރެކްޓާތަކަށް ޝާކިރުބެ އަޑު އަޅާފައިވެ އެވެ. ޔޫސޭގެ މަޝްހޫރު "ދިރިއުޅުމަކީ މިއީބާ" ގައި ވެސް ޝާކިރުބެ މުހިންމު ރޯލުތަކެއް އަދާ ކޮށްފައިވެ އެވެ.
ޝާކިރުބެ ކައިވެނި ކުރެއްވީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ކުރަހާ ޒަރީނާ އެވެ. ޒަރީނާ ވަނީ ކުރީން ނިޔާވެފައެވެ.
ކުރީގެ ޗީފް އޮފް ޑިފެންސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމަކީ ޝާކިރުބެ ބޭފުޅެކެވެ.