"މި ސަރުކާރުން ކުޅެނީ ބާ ފިލްމެއް، މާޒީ ހަނދާނެއް ނުނެތޭ"

މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޭން ބުނި ވައުދު ނުފުއްދޭ ކަމަށާއި، މަސްވެރިން ތިބީ ހަނާވެފައި ކަމަށް ވިދާޅުވި އެވެ. މަސް ވިއްކައިގެން މިފްކޯއަށް ލިބުނު ފައިސާއަށްވީ ގޮތް ވެސް ނޭންގޭ ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ސަރުކާރަށް ވަރަށް ބޮޑަށް ވަނީ ފާޑުވިދާޅުވެފައި -- މި

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، މިހާރު ސަރުކާރުގެ އިސްވެރިން "ކުޅުނު ފިލްމު" އަދިވެސް ދިވެހި ރައްޔިތުން ހަނދާން ނުނެތޭ ކަމަށް ވިދާޅުވެ އަނެއްކާ ވެސް އެކަންކަން ތަކުރާރު ކުރަމުންދާ ކަމަށް އެމްޑީޕީގެ ރައީސް / ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުން ތައާރަފު ކުރުމަށް މިރޭ ބޭއްވި ކެމްޕޭނު ލޯންޗު ކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ދިވެހި ރައްޔިތުންނަށް އެކި ގޮތް ގޮތުން އޮޅުވާލަމުން ކަމަށެވެ.

ވެރިކަމަށް 100 ދުވަސްވީއިރު ރާއްޖޭގެ އިގްތިސޯދި މެނޭޖް ނުކުރެވޭ ކަމަށް ވިދާޅުވެ ޝާހިދު ވަނީ ރައީސަށް ފާޑުވިދާޅުވެފަ އެވެ. މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޭން ބުނި ވައުދު ނުފުއްދޭ ކަމަށާއި، މަސްވެރިން ތިބީ ހަނާވެފައި ކަމަށް ވިދާޅުވި އެވެ. މަސް ވިއްކައިގެން މިފްކޯއަށް ލިބުނު ފައިސާއަށްވީ ގޮތް ނޭންގޭ ވެސް ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ސަރުކާރަށް ވަރަށް ބޮޑަށް ވަނީ ފާޑުވިދާޅުވެފައި --

މިއީ ހައްތަހާ ވެސް ކުރިން ކުޅުނު ފިލްމުގެ މަންޒަރުތައް ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ޕީޕީއެމް / ޕީއެންސީގެ ފުރަތަމަ ސަރުކާރުގައި ހިނގާ ދިޔަ ހާދިސާތައް ރައްޔިތުން ހަނދާން އެބަހުރި ކަމަށް ވިދާޅުވެ އެކަންކަން ހަނދާން ކޮށް ދެއްވި އެވެ.

"އަޅުގަނޑުމެން ހަދާނުގައި އެބަހުރި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނަގާ ގޭޓު މަތިން ބޮޑު ކަންނެލި އުކާހެން އުކާލީ، ފަނޑިޔާރު ގޭގެ ފުރާޅުން ޓިނު ނަގައިގެން އުއްތަމަ ފަނޑިޔާރު ގެންގޮސް ކުޑަ ގޮޅީގައި ބޭއްވީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ހުރިހާ ބޭފުޅުން ގެންގޮސް ބޭއްވީ ޖަލުގައި، އެތައް ބައިވަރު ބަޔަކު ތިބީ ޖަލުގައި. މިދަނީ މިސްރާބު ނުބައިވެގެން،" ރައީސް ޔާމީންގެ ސަރުކާރުގައި ހިނގާ ދިޔަ ބައެއް ހާދިސާތައް ހަނދާން ކޮށްދެއްވާ ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އެމްޑީޕީއަކީ ފަސް ޖެހޭނެ ޕާޓީއެއް ނޫން ކަމަށެވެ. ސަރުކާރު ހަމަމަގަށް އަޅުވަން މަޖިލީސް އިންތިހާބުގެ މެޖޯރިޓީ ހޯދައިދިނުމަށް ވެސް އެެދިވަޑައިގަތެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.