މަސްވެރީންނަށް އިތުރު 35 މިލިއަން ދޫކޮށްފި، ޖުމްލަ 561 މިލިއަން

"މިއަދު ދިން ފައިސާއާއެކު މަސްވެރިންނަށް ފާއިތުވި ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން ޖުމްލަ 561 މިލިއަން ރުފިޔާ [ތެލަށާއި އައިހަށް ދެވިފައިވާ ފައިސާ ހިމަނައިގެން] ވަނީ ދޫކުރެވިފައި،"

މަސްވެރި އުޅަނދެއް ގައި މަސްވެރީން ހަރަކާތްތެރިވަނީ -- ފޮޓޯ: ޒުވާން މަސްވެރިޔާ

މަސްވެރީންނަށް ދޫކުރަން ޖެހޭ ފައިސާގެ ތެރެއިން އިތުރު 35 މިލިއަން ރުފިޔާ މިއަދު ދޫކޮށްފައިވާ ކަމަށް މިފްކޯ އާއި ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

މިފްކޯ އިން ބުނި ގޮތުގައި މަސްވެރިންނަށް ދޫކުރަމުން ގެންދާ ފައިސާ ގެ ތެރެއިން ޖަނަވަރީ 14 ގެ ނިޔަލަށް ހުރި ބިލުތަކުގެެ ފައިސާ މިއަދު ދައްކާ ވަނީ ނިމިފައެވެ. އެކަން ފާހަގަކޮށް ފިޝަރީޒް މިނިސްޓްރީން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ މަސްވެރިންނަށް ދޭން ޖެހި ނުދެވިވާ ފައިސާ ދެއްކުމަށް ކަމާގުޅޭ އިދާރާތައް މެދުވެރިކޮށް ގިނަގުނަ މަސައްކަތް ޕުޅުތަކެއް ކުރައްވަމުން ކަމަށެވެ.

އެގޮތުން މިއަދު މިފްކޯއިން ޖަމާކުރި 35 މިލިއަން ރުފިޔާއާ އެކު ސަރުކާރުން މަސްވެރިންނަށް ވައުދުވެފައިވާ ގޮތުގެ މަތިން މިދިޔަ ބުދަ ދުވަހާއި މިއަދު ހިމެނޭހެން ޖުމްލަ 105 މިލިއަން ޖަމާކޮށް ދީފައިވާ ކަމަށް ވުންޏެވެ.

އަދި ބެކްލޮގްގަ އި ހުރި ފައިސާ މަސްވެރިންނަށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން ކަމަށް ބުންޏެވެ.

"މިއަދު ދިން ފައިސާއާއެކު މަސްވެރިންނަށް ފާއިތުވި ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން ޖުމްލަ 561 މިލިއަން ރުފިޔާ [ތެލަށާއި އައިހަށް ދެވިފައިވާ ފައިސާ ހިމަނައިގެން] ވަނީ ދޫކުރެވިފައި،" ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

ބާކީ ހުރި 175 މިލިއަން ރުފިޔާ އަންނަ މަހުގެ ފަސް ވަަނަ ދުވަހުގެ ކުރިން ދައްކަން ސަރުކާރުން ވަނީ ނިންމާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.