ދެ ފަނޑިޔާރުންނަށް އިންޒާރު ދިން ދެމީހަކު ބަންދުކޮށްފި

އެމީހުން ބަންދު ކުރަން ނެރުނު ކޯޓް އަމުރުގައި ބުނީ، ފަނޑިޔާރުންނަށް އިންޒާރު ދިން މައްސަލައިގައި އެމީހުން ހައްޔަރުކުރަން ސީނަށް ދިޔަ ފުލުހުންނަށް ވެސް އިންޒާރު ދީފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓް ހިންގާ އިމާރާތް: ދެ ފަނޑިޔާރުންނަށް އިންޒާރު ދިން ދެ މީހަކު ވަނީ ބަންދުކޮށްފައި --

ދެ ފަނޑިޔާރަކަށާއި ފުލުހުންނަށް އިންޒާރު ދިން މައްސަލައަކާ ގުޅިގެން ދެ މީހުން ބަންދުކޮށްފި އެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 32 އަހަރުގެ މީހަކާއި އުމުރުން 22 އަހަރުގެ މީހެކެވެ. އެމީހުންގެ ބަންދު މުއްދަތު ޖަހަން އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިއުމުން 32 އަހަރުގެ މީހާ ފަސް ދުވަހަށް ބަންދު ކުރަން ވަނީ އަމުރުކޮށްފަ އެވެ. އަދި، 22 އަހަރުގެ މީހާ 15 ދުވަހަށް ވަނީ ބަންދުކޮށްފަ އެވެ.

އެމީހުން ބަންދު ކުރަން ނެރުނު ކޯޓް އަމުރުގައި ބުނީ،  ފަނޑިޔާރުންނަށް އިންޒާރު ދިން މައްސަލައިގައި އެމީހުން ހައްޔަރުކުރަން ސީނަށް ދިޔަ ފުލުހުންނަށް ވެސް އިންޒާރު ދީފައިވާ ކަމަށެވެ.

އެމީހުން ބަންދު ކުރީ އެ މީހުންގެ ފަރާތުން މުޖުތަމައަށް ނުރައްކާ އޮތް ކަމަށް ފެންނާތީ އެވެ. މި ދެ މީހުންނަކީ ވެސް އިންޒާރު ދިނުން ފަދަ ކުށުގެ ރެކޯޑު އޮންނަ ބައެއް ކަމަށް ވެސް އަމުރުގައި ބަޔާންކޮށްފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.