އިންޑިއާ ސިފައިން ބާލާނެތޯ ޔާމީން ސުވާލު އުފައްދައިފި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމުގެ ވައުދާއެކު މަޝްވަރާތައްކޮށް އިންޑިއާގެ ސިފައިންގެ އެއް ޖަމާއަތް އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ބާލަން ވަނީ އެއްބަސްވެފައެވެ. ބާކީ ސިފައިން މޭ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ގެންދެ އެވެ.

ރައީސް އަބްދުﷲ ޔާމީން ސުވާލު ކުރައްވަނީ

އިންޑިއާ ސިފައިން ބާލަން އުޅޭތީ ކުރީގެ ރައީސް އަބްދުالله ޔާމީން ސުވާލު އުފައްދަވައިފި އެވެ.

ޝަރުތުގެ ބަންދެއްގައި އިންނަވައިގެން، އެ މަނިކުފާ އުފައްދާން މަސައްކަތް ކުރާ ޕާޓީގެ ޖަލްސާއެއްގައި ބައިވެރިވެ ވަޑައިގެން އިންޑިއާއާއި ސްރީލަންކާއާއި ރާއްޖެއިން ގުޅިގެން ،"ދޯސްތީގެ" ނަމުގައި ޓްރެއިލެޓަރަލް ޖޮއިންޓް އެކްސަސައިޒެއް ފެށުމުން މި ސަރުކާރުން އިންޑިއާ ސިފައިން ފޮނުވާލަން މަސައްކަތް ކުރޭތޯ ސުވާލު އުފެދޭ ފަދަ ގޮތަށް ޔާމީން ވަނީ ވާހަކަފުޅު ބައްޓަން ކުރައްވާފަ އެވެ. -- އިންޑިއާ އިސްވެ ހިންގާ "ދޯސްތީ" އަކީ ސިިލްސިލާގޮތެއްގައި 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ހިންގާ ފެށި އެކްސަސައިޒެކެވެ. މީގައި ލަންކާ ބައިވެރިވާން ފެށީ 2012 އިން ފެށިގެނެވެ.
 
ރައީސް ޔާމީނަކީ އިންޑިއާ ސިފައިން ބާލަން "'އިންޑިއާ އައުޓް" ހަރަކާތުގައި ފެއްޓެވި ލީޑަރެވެ. 

ރޭގެ ޖަލްސާގައި ޔާމީން ވިދާޅުވީ "ދޯސްތީ" އެ ހަރަކާތަކީ ދިވެހި ސިފައިންނަށް މުހިންމު ހަރަކާތެއް ކަމާމެދު ޝައްކެއް ނެތް ކަމަށެވެ. 

"އިންޑިއާ ސިފައިން ތިބީމަ އެކަން ކަމުނުގޮސްގެން މި ސަރުކާރުން މުއްދަތުތަކެއްދީ، ފައިބަން އަންގައި މި ހުރިހާ ކަމެއް ކޮށްފައި އަދި ރައްޔިތުންނަށް ކަށަވަރުކޮށް ދޭން ރައީސް އެ ވާހަކަ އިއުލާން ކުރައްވަމުން ގެންދަވާއިރު އިންޑިއާ ބޭނުންވާނެހޭ އެހާވަރު ދޯސްތީ ޕްރޮގްރާމެއް މިތާ ހިންގަން އެ މީހުން މިތަނުން ފައިބައިގެން ދާންޖެހޭއިރު؟" ރޭ ޔާމީން ވިދާޅުވި އެވެ.

އިންޑިއާ ސިފައިން ބާލަން ސަރުކާރުން ވަރުގަދައަށް ސާބިތުކަމާއެކު މަސައްކަތް ނުކުރާނެކަން ދޯސްތީ ޕްރޮގްރާމް ކަށަވަރުވޭތޯ ވެސް ރޭ ޔާމީން އެއްސެވި އެވެ. އަދު ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ސަރުކާރަށް އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ އިންޑިއާ ސިފައިން ނުބޭލޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވާ ކަމަށެވެ. 

"މިހެންވެއްޖެ ކަމަށްވަންޏާ އެ ވިދާޅުވަނީ ތިމަންނައެއް ނޫނޭ މީގައި މި ގޯސް ހަދަނީ. އިންޑިއާ ސިފައިން ނުބޭލީ ދިވެހި ރައްޔިތުންނޭ އެއީ ތިމަންނަމެންގެ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލީހުން ޖާގަ ނުދިނިމީއައޭ އެއީއެއް ނޫންތޯ،" ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމުގެ ވައުދާއެކު މަޝްވަރާތައްކޮށް އިންޑިއާގެ ސިފައިންގެ އެއް ޖަމާއަތް އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ބާލަން ވަނީ އެއްބަސްވެފައެވެ. ބާކީ ސިފައިން މޭ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ގެންދެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.