ސްޓެލްކޯގެ ބޯޑު ބައްދަލުވުމެއް ހިންމަފުށީގައި ބާއްވައިފި

މި ބޯޑް ބައްދަލުވުން ބާއްވާފައި ވަނީ ހިންމަފުށީ އިންޖީނުގޭ އޮފީހުގަ އެވެ. އެ ކުންފުނިން ބުނީ މިއީ ސްޓެލްކޯގެ ހެޑް އޮފީހުން ބޭރުގައި ބޭއްވި ފުރަތަމަ ބޯޑް ބައްދަލުވުން ކަމަށެވެ.

ސްޓެލްކޯގެ ބޯޑް މެމްބަރުން ހިންމަފުށީ އިންޖީނުގޭގައި ބައްދަލުވުން ބާއްވަނީ --

ސްޓެލްކޯގެ ތާރީހުގައި ފުރަތަމަ ފަހަރަށް ހެޑް އޮފީހުން ބޭރުގައި ބޯޑު ބައްދަލުވުމެއް ބާއްވައިފި އެވެ.

މި ބައްދަލުވުން ބާއްވާފައި ވަނީ ކ. ހިންމަފުށީގަ އެވެ. މިއީ ހިންމަފުށީ އިންޖީނުގޭގެ މަސައްކަތްތައް ބައްލަވާލައްވައި، އެ ރަށުގައި މަސައްކަތްކުރާ އެ ކުންފުނީގެ މުވައްޒަފުނާއި، ރަށުގެ އިސް ވެރިންނާއި ބައްދަލުކުރެއްވުމަށް ސްޓެލްކޯގެ އިސްވެރިން އެ ރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން، ބޭއްވި ބައްދަލުވުމެކެވެ.

މި ބޯޑް ބައްދަލުވުން ބާއްވާފައި ވަނީ ހިންމަފުށީ އިންޖީނުގޭ އޮފީހުގަ އެވެ. އެ ކުންފުނިން ބުނީ މިއީ ސްޓެލްކޯގެ ހެޑް އޮފީހުން ބޭރުގައި ބޭއްވި ފުރަތަމަ ބޯޑް ބައްދަލުވުން ކަމަށެވެ.

މި ބައްދަލުވުމުގައި ބޯޑުގެ ޗެއާމަން މުހައްމަދު ލަތީފާއި މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އަދި ބޯޑުގެ ހުރިހާ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

"މިއީ މާލެއާއި އަތޮޅުތެރެއާއި ދެމެދު ހުރި ތަފާތުކުރުންތައް ނައްތާލުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން، ސްޓެލްކޯގެ ހިންގުމުގައި ކުންފުނިން ހިދުމަތްދޭ ރަށްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ އަމާޒާއި ދިމާލަށް އެޅުނު މުހިއްމު ފިޔަވަޅެއް،" ސްޓެލްކޯ އިން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.